ދީން

ޢަރަފާތް ދުވަހު ދުޢާ އިޖާބަ ކުރައްވާ ވަކި ޚާއްޞަ ވަގުތެއް އޮވޭތޯ؟

ޢަރަފާތް ދުވަހު ދުޢާ އިޖާބަ ކުރައްވާ ވަކި ޚާއްޞަ ވަގުތެއް އޮވޭތޯ؟

ޙައްޖުވެރިންތަކެއް ޢަރަފާތުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2025، 10:48

04 ޖޫން 2025، 10:48

މުސްލިމުންގެ ތެރެއިން ﷲ ތަޢާލާ މިންވަރުކުރެއްވެވި ބަޔަކަށް ކޮންމެ އަހަރަކުވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު އެ އިލާހު ދެއްވަވައެވެ. 

ޙައްޖުގެ އަޅުކަމަށް ނުދެވޭ މުސްލިމުންނަށް ޢަރަފާތް ދުވަހު އަޅުކަންތައް އަދާކުރުމަށް ފުރުސަތު ލިބިގެންދެއެވެެ. އެގޮތުން ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަކީ ގަަދަވެގެންވާ ސުންނަތެކެވެ. 

ރޯދަ ހިފުމުގެ އިތުރުން ގިނަގިނައިން ދުޢާ ކުރުމަކީ ޙައްޖުގެ އަޅުކަމަށް ނުގޮސް ތިބި މީހުންނަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަންތަކެވެ. 

ދެން އުފެދޭ ސުވާލަކީ ޢަރަފާތް ދުވަހު ދުޢާ އިޖާބަކުރައްވާ ވަކި ވަގުތެއް ވޭތޯއެވެ.

އަލްޖަޒީރާގެ އައްޔާމުއްﷲ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ދާޢީ ޑރ. ޢުމަރު ޢަބްދުލް ކާފީ ވިދާޅުވީ، ޢަރަފާތް ދުވަހުގެ ފަޖުރުން ފެށިގެން އިރުއޮއްސެންދެން އެއީ ދުޢާ އިޖާބަ ކުރައްވާ ވަގުތައްވާ ކަމަށެވެ. އެހެން ކަމުން ދުޢާ ކުރުން ގިނަ ކުރުމަށާއި ދުޢާ އިޖާބަ ކުރައްވާ ވަގުތަކާ ދިމާވެދާނެ ކަމަށެވެ.

ދާޢީ ޑރ. ޢުމަރު ވިދާޅުވީ ޢަރަފާތްްދުވަހަކީ ލޮޓަރީ ޓިކެޓެއް ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަދި ﷲ ތަޢާލާގެ ރުއްސެވުން ދެއްވާނީ ކޮން އަޅުކަމަކަށްކަން ނުވަތަ ކޮން ޢަމަލަކަށްކަން ވަނީ ވަންހަނާ ކުރައްވައިފައިކަމަށެވެ. އެހެން ކަމުން ކޮންމެ ޢަމަލަކަށްވެސް އެ އިލާހުގެ ރުއްސެވުން ލިބިދާނެ ކަމަށެވެ.

ޑރ ޢުމަރު ވިދާޅުވީ ކޮންމެ ޢަމަލެއްމެ އިންސާނާ ނިޔަތުގެ ތެދުކަމާއި ހިތުގެ ސާފުކަމާއެކު ﷲ ރައްބުލް ޢާލަމީންގެ އިޒުނަފުޅާއެކު އެއިލާހަށް ވާޞިލުވާނެ ކަމަށާޢި، ދުޢާ ކުރާނީ ކޮން ގަޑިއެއްގައި ކޮން ވަގުތެއްގައިތޯ ބެލުމަށް ނުތިބުމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން