ދުނިޔެ

އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓާނުލާނެކަމަށް އެ ގައުމުގެ ރޫހާނީ ލީޑަރު ވިދާޅުވެއްޖެ

އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓާނުލާނެކަމަށް އެ ގައުމުގެ ރޫހާނީ ލީޑަރު ވިދާޅުވެއްޖެ

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ހާމަނާއީ ---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2025، 07:25

04 ޖޫން 2025، 07:25

އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާނުލާނެކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނާއީ ވިދާޅުވެއްޖެއެވެ.

ހާމަނާއީ ވިދާޅުވެފަވަނީ، އެމެރިކާއިން ހުށަހަޅާފައިވާ ނިއުކްލިއަރ ޑީލްގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށް އެ ގައުމުން އިންކާރުކުރާ ކަމަށެވެ.

އިސްލާމީ ޖުމްހޫރިއްޔާގެ ބާނީ ހާމަނާއީގެ ވާހަކަފުޅުގައި ވިދާޅުވީ، އެމެރިކާގެ ނިއުކްލިއަރ ޕްރޮޕޯސަލްއަކީ އިރާންގެ އެންމެ މަތީ އެއް އުސޫލު ކަމަށްވާ އަމިއްލަ ފުދުންތެރިކަމާއި "އަހަރެެމެންނަށް ކުރެވޭނެ" މި އުސޫލާ ފުށުއަރާ އެއްޗެއްކަމަށެވެ.

ހާމަނައީ އިތުރަށް ވިދާޅުވީ ޔޫރޭނިއަމް އެންރިޗްކުރުމަކީ އީރާނުގެ ހަކަތައިގެ މިނިވަންކަމާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ.

މިނިވަންކަމަކީ އެމެރިކާ އަދި އެމެރިކާ ފަދަ ގައުމުތަކުގެ ހުއްދައަށް ނުބެލުމެވެ.  

އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެމެރިކާގެ ހުށަހެޅުމަކީ 1979 ގެ އިސްލާމީ އިންގިލާބުގެ އާދަރްޝުތަކާ "100 އިންސައްތަ" ފުށުއަރާ އެއްޗެއް ކަމަށްވެސް ވިދާޅުވިއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވެސް ވިދާޅުވެފައިވަނީ އެ ގައުމުގެ ސައިންޓިފިކް އަދި ނިއުކްލިއަރ ޙައްގުތަކުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ވިސްނުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އދ. ގެ ރިޕޯޓެއްގައި ދައްކާގޮތުން، އީރާނުން ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ހަތިޔާރު އުފެއްދުމުގެ ފެންވަރާ ގާތް މިންވަރަށް ޔޫރޭނިއަމް މުއްސަނދިކުރުން 50 އިންސައްތައިން އިތުރުކޮށްފައިވެއެވެ. ނަމަވެސް މިއީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައަށްވުރެ ދަށް އަދަދެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS