ދުނިޔެ

ޔުކްރެއިންގެ ޑްރޯން ހަމަލާތަކާ ދެކޮޅަށް ރަޝިޔާއިން 100 އަށްވުރެ ގިނަ ސެޓެލައިޓް ފޮނުވަން ނިންމައިފި

ޔުކްރެއިންގެ ޑްރޯން ހަމަލާތަކާ ދެކޮޅަށް ރަޝިޔާއިން 100 އަށްވުރެ ގިނަ ސެޓެލައިޓް ފޮނުވަން ނިންމައިފި

ޔުކްރެއިންގެ ގެ ޑްރޯން ހަމަލާ ބެލުމަށް ސެޓަލައިޓް މެދުވެރިކޮށް ނަގާފއިވާ ފޮޓޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖޫން 2025، 01:43

04 ޖޫން 2025، 01:43

ރަޝިޔާއިން ވަނީ ޔުކްރެއިންގެ ޑްރޯން ހަމަލާތަކާ ދެކޮޅަށް ބޮޑު ފިޔަވަޅެއް އަޅައި، 100 އަށްވުރެ ގިނަ ސެޓެލައިޓް މަތިންދާ ބޯޓުތަކުގެ ބެލެހެއްޓުމާއި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ގޮތަށް މައްޗަށް ފޮނުވަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ފަހަކަށް އައިސް ޔުކްރެއިންގެ ޑްރޯން ހަމަލާތައް ރަޝިޔާގެ އެތެރެއަށް ވަދެ،  އަސްކަރީ ތަންތަނަށް ގެއްލުން ދެމުންދާތީއެވެ.

އަންގާރަ ދުވަހު ބޭއްވުނު ޑިޖިޓަލް އިންޑަސްޓްރީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ރޮސްކޮސްމޮސްގެ ޑިރެކްޓަރ ޖެނެރަލް ޑިމިޓްރީ ބަކަނޯވް ވިދާޅުވީ 102 ސެޓެލައިޓާއި އިތުރު އެއް  އުޅަނދު ފޮނުވާނެ ކަމަށެވެ. މިއީ ކްރެމްލިންގެ ސްޕޭސް އަދި ސެކިއުރިޓީ ސްޓްރެޓެޖީގެ ބައެއްގެ ގޮތުގައެވެ.

ބަކަނޯވް ވިދާޅުވި ގޮތުގައި މި ސެޓެލައިޓްތަކުން މަތިންދާ ބޯޓުތައް ރިއަލް ޓައިމްގައި ކޮންޓްރޯލް ކުރުމާއި މޮނިޓަރ ކުރުމަށް މުހިންމު ދައުރެއް އަދާކުރާނެއެވެ. އަދި މި ސެޓެލައިޓްތަކުން ދިފާއީ، މުވާސަލާތީ އަދި ދުރުން މޮނިޓަރ ކުރުމުގެ ދާއިރާތަކަށް ވެސް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ އޮތޯރިޓީތަކުން ބުނާ ގޮތުގައި މި ސެޓެލައިޓްތައް ފޮނުވަނީ ޔުކްރެއިންގެ ޑްރޯންތަކުން ކުރިމަތިވަމުންދާ ނުރައްކަލާ ދެކޮޅަށެވެ. ފަހަކަށް އައިސް ޔުކްރެއިންގެ ޑްރޯންތަކުން ރަޝިޔާގެ އެތެރެއަށް 2،500 މޭލަށް ވުރެ އެތެރެއަށް ވަދެ އަސްކަރީ އެއަރބޭސްތަކަށް ހަމަލާދީފައިވެއެވެ. ބައިނަލްއަޤްވާމީ ތަޙުލީލުވެރިން މި ހަމަލާތައް ވަޒަންކޮށްފައިވަނީ ރަޝިޔާއަށް ކުރިމަތިވި "ޕާލް ހާބަރ" ފަދަ ކަމެއްގެ ގޮތުގައެވެ.

ޔުކްރެއިންގެ އިންޓެލިޖެންސް ފަރާތްތަކުން ބުނާ ގޮތުގައި ޖޫން 1 ގައި ދިން ހަމަލާގައި 117 އަށް ވުރެ ގިނަ ޑްރޯން ބޭނުންކޮށްފައިވެއެވެ. އަދި މި ހަމަލާގައި 7 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ލަފާކުރެވެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަލާގައި ރަޝިޔާގެ ކްރޫޒް މިސައިލްތަކުގެ ތިންބައިކުޅަ އެއްބައި ހަލާކުވެފައިވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS