Ads by Stelco

ޚަބަރު

އީދު ބަންދަށް ފުރާ މީހުން ގިނަވެ،ޕަސިންޖަރުން ޗެކިން ގަޑި ފެށޭ ވަގުތަށް އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި

އީދު ބަންދަށް ފުރާ މީހުން ގިނަވެ،ޕަސިންޖަރުން ޗެކިން ގަޑި ފެށޭ ވަގުތަށް އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި

އެއަރޕޯޓްގައި ފުރަން އައިސްތިބި ބައެއް ފަތުރުވެރިން ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖޫން 2025، 01:29

04 ޖޫން 2025، 01:29

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލާ ގުޅޭ މަގުތަކުގެ މަސައްކަތާއި އީދު ބަންދަށް ފުރާ މީހުން ގިނަވުމާ ގުޅިގެން، މިއަދު އެއާޕޯޓަށް ބާރުބޮޑުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއަދަކީ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށާއި، އެހެންކަމުން ޕަސިންޖަރުން ޗެކިން ގަޑި ފެށޭ ވަގުތަށް އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށެވެ.

އީދު ބަންދާ ދިމާކޮށް މިއަދާއި މާދަމާ ގިނަ ބަޔަކު ރަށްރަށަށާއި ރާއްޖެއިން ބޭރަށް ވެސް ފުރާނެ ކަމަށް ލަފާކުރެވެއެވެ. މި އަހަރުގެ ހައްޖު ދުވަހަކީ މާދަމާ ކަމަށާއި، އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށްވާތީ، މިފަހަރު އީދު ބަންދަށް ފަސް ދުވަހުގެ ބަންދެއް ލިބޭނެއެވެ.



އެއާޕޯޓުގެ އާ ޓާމިނަލުގެ ބައެއް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އެ ޓާމިނަލާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS