Ads by Stelco

ޚަބަރު

ވިލިމާލޭގައި އަޅާ އާ ހޮސްޕިޓަލަށް "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަން ދީފި

ވިލިމާލޭގައި އަޅާ އާ ހޮސްޕިޓަލަށް "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަން ދީފި

ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖޫން 2025، 01:22

04 ޖޫން 2025، 01:22

ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި އިމާރާތް ކުރަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލަށް "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަން ދޭން ކަނޑައަޅައިފި އެވެ. މި ނިންމުން އިއުލާން ކުރީ މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

112 އެނދުގެ މި ޖެނެރަލް ހޮސްޕިޓަލް އިމާރާތް ކުރުމުގެ "ލެޓާ އޮފް އެކްސްޗޭންޖު" ގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ ސޮއިކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ސަފީރު ވިދާޅުވީ މި ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފަހުގެ ވަސީލަތްތައް ހުރި ތަނަށް ވާނެ ކަމަށެވެ. އަދި ޗައިނާގެ ސިއްހީ ދާއިރާގެ ކުރިއެރުންތަކާ ބެހޭ ގޮތުން ވެސް މައުލޫމާތު ދެއްވިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވީ މަޝްރޫއު އެޕްރޫވް ކުރުމަށް ފަހު، ދެން ހުރި މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ހޮސްޕިޓަލް އެޅުމަކީ ތިލަފުށި ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއްގެ ގޮތުގައި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މާލޭގެ އައިޖީއެމްއެޗްގައި މިހާރު ވެސް ޖާގައިގެ ދަތިކަން ވަރަށް ބޮޑުވެފައިވާތީ، މި އާ ހޮސްޕިޓަލުގެ ބޭނުން ވަރަށް ބޮޑުވާނެއެވެ.

މި ހޮސްޕިޓަލުގެ ނަން ކަނޑައެޅިފައިވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ބަލައިގެންނެވެ. މީގެ ކުރިން ވެސް ޗައިނާގެ އެހީގައި އިމާރާތްކުރެވުނު ސިނަމާލެ ބްރިޖަށް ވެސް ކިޔާފައިވަނީ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" އެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS