ޚަބަރު
މަސްހިފަން މޫދަށް ފައިބާ އުޅުނު މީހަކު ނިޔާވެފައިއޮއްވާ ފެނިއްޖެ

ލ.ގަން ފޮޓޯ:އައިލެންޑް އެމްވީ
ލ. ގަމުގެ ކައިރީގައި އޮންނަ މަހާކަންފުށި (ފަޅު ރަށެއް) ކައިރިއަށް މަސް ހިފަން މޫދަށް ފައިބާފައިވާ އުޅުނު މީހަކު ގެއްލިފައިވާ މައްސަލައެއް މިއަދު ހެނދުނު 9:50 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކުރެވިފައިވެއެވެ.
މި މީހާ ހޯދަމުން ދަނިކޮށް، 11:00 އެހާކަންހާއިރު، ގެއްލުނު ސަރަޙައްދުގެ މޫދުން ވަނީ ފެނިފައެވެ. ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މި މީހާ ވަނީ ނިޔާވެފައެވެ.
މި ހާދިސާގައި ނިޔާވީ އެ ރަށު ތުނޑީ، ފެސްފަރީ، އަބުދުލްސަމަދު މުހައްމަދު (ސަމަދު)، 65 އެވެ.
ގަމު ކައުންސިލުން ބުނި ގޮތުގައި، މަހަކަންފުށި ކައިރިއަށް ދާ ޖަހައިގެން މަސްހިފަން އޭނާ ދިޔައީ އިތުރު ބަޔަކާ ވެސް އެކުގަ އެވެ.
އޭނާ ފެނުނީ ގަމު ރައްޔިތުންނާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ހަމަ އެ ފަޅުރަށް ކައިރިން މޫދު އަޑިންނެވެ. މޫދު އަޑިން ނެގިއިރު އޭނާ އޮތީ ޑީކޯވެފައި ކަމަށް ބެލެވޭ ކަމަށް ގަމުން ވާހަކަދެއްކި ބައެއް މީހުން ކުރިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.