Ads by Stelco

ޚަބަރު

ކައުންސިލުން ކުޅުދުއްފުށީ ސިޓީގެ ސްކޫލްތަކަށް އެއްލައްކަ ރުފިޔާގެ އެހީ ދީފި

ކައުންސިލުން ކުޅުދުއްފުށީ ސިޓީގެ ސްކޫލްތަކަށް އެއްލައްކަ ރުފިޔާގެ އެހީ ދީފި

ގްރާންޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ފޮޓޯ: ކައުންސިލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖޫން 2025، 12:29

04 ޖޫން 2025، 12:29

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ހުރި ސަރުކާރުގެ ތިން ސްކޫލަށް މިއަހަރުވެސް އެއްލައްކަ ރުފިޔާގެ އެހީ ދީފިއެވެ. މި އެހީ ދިނުމަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސްކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. މިދިޔަ އަހަރުވެސް މި ގްރާންޓްގެ ދަށުން ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

ސްކޫލް ގްރާންޓް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުން އަންނަ ހަރަކާތްތަކަށް އެހީތެރިވުން ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން، ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި ގްރާންޓުގެ މަޤްޞަދެއް ކަމަށް ބުނެފައިވެއެވެ.

ކުޅުދުއްފުށީގައި ކިޔަވައިދޭ ސަރުކާރު ސްކޫލްތަކަކީ، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ޖަލާލުއްދީން ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލެވެ. މި ތިން ސްކޫލަށްވެސް މި ގްރާންޓް ލިބިގެންދާނެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS