ދުނިޔެ
ސަޢޫދީ ރަސްގެފާނުގެ މެހެމާންދާރީގެ ދަށުން ފަލަސްޠީނުގެ ދެވަނަ ގްރޫޕް ޙައްޖުވާން ސަޢުދީއަށް

ސަޢުދީއަށްދިޔަ ފަލަސްތީނުގެ ޙައްޖުވެރިންގެ ތެރެއިން މީހެއް
ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ދަޢުވަތުގެ މިނިސްޓްރީން ދެ ޙަރަމްފުޅުގެ ޚާދިމުގެ މެހެމާންދާރީ ޕްރޮގްރާމްގެ ދަށުން ފަލަސްޠީނުގެ ދެވަނަ ގްރޫޕް މައްކާއަށް ވަޑައިގެންފިއެވެ.
މި ގުރޫޕްގައި ހިމެނެނީ ޣައްޒާއިން ވަޑައިގަންނަވާ 500 ފިރިހެން އަދި އަންހެން ޙައްޖުވެރިންނެވެ. މިހާތަނަށް ޖުމްލަ 1000 ޙައްޖުވެރިން ވަނީ މި ޕްރޮގްރާމްގެ ދަށުން ވަޑައިގެންފައެވެ. 1446 ވަނަ އަހަރުގެ ޙައްޖު އަދާކުރެއްވުމަށް ވަޑައިގަންނަވާ މެހެމާނުންނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ސަޢޫދީ ސަރުކާރަށް ނުހަނު ޝުކުރުވެރިވަމެވެ. ﷲގެ ގެކޮޅުގެ މެހެމާނުންނަށް މިފަދަ މަތިވެރި ޚިދުމަތްތަކެއް ފޯރުކޮށްދެއްވާތީ އެކަމަށް ތަޢުރީފުކުރަމެވެ.
ފަލަސްޠީނުގެ ޙާޖީ އަކު ވިދާޅުވިއެވެ.
އަދި ސަޢޫދީ އަރަބިއްޔާއާއި، އެޤައުމުގެ ވެރިންނާއި ރައްޔިތުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރެއްވިއެވެ.
މި އަހަރުގެ ދެ ޙަރަމްފުޅުގެ ޚާދިމުގެ މެހެމާންދާރީ ޕްރޮގްރާމްގެ ދަށުން ދުނިޔޭގެ 100 ޤައުމަކުން 2،443 ފިރިހެނުންނާއި އަންހެނުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވާފައިވެއެވެ. މި މެހެމާނުން މައްކާގައި ތިއްބަވާ ތަންތަނަށް ވަޑައިގަންނަވަން ފައްޓަވާފައިވަނީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.