ދުނިޔެ

އިޒްރާއީލުން 8 ދުވަހުގެ ތެރޭގައި އެހީ ހޯދުމަށްގޮސް ތިބި 102 މީހަކު ޝަހީދުކޮށްލައިފި

އިޒްރާއީލުން 8 ދުވަހުގެ ތެރޭގައި  އެހީ ހޯދުމަށްގޮސް ތިބި 102 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ޝަހީދުންތަކެއްގެ ހަށިތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖޫން 2025، 04:57

03 ޖޫން 2025، 04:57

އިޒްރާއީލުން 8 ދުވަހުގެ ތެރޭގައި އެހީ ހޯދުމަށްގޮސް ތިބި ޣައްޒާގެ 102 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައިވަނީ އިޒްރާއީލުން ބަނޑުހައިވެފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީދިނުމަށް އެމެރިކާގެ އެހީތެރިކަމާއެކު ހިންގާ އެހީ ބެހުމުގެ މަރުކަޒުތަކަށް ގެނެސް، އެމީހުންގެ ގަޔަށްބަޑި ޖަހައި ޝަހީދުކުރަމުންދާ ކަމަށެވެ.

މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި މިއަދު ޝަހީދުވި 27 މީހުންނާއެކު، މޭ 27 އިން ފެށިގެން ރަފާ އަދި ނެޓްޒަރިމް ކޮރިޑޯގައި ހުރި އެހީ ބެހުމުގެ މަރުކަޒުތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 102 އަށް އަރާފައެވެ. އަދި 490 މީހުން ވަނީ ޒަޚަމްވެފައެވެ.

އިޒްރާއިލްގެ ބާރުގެ ދަށުގައިވާ ނުރައްކާތެރި ރެޑް ޒޯންތަކުގައި ހުންނަ އެހީ ބެހުމުގެ މަރުކަޒުތަކަކީ މިހާރު ލޭއޮހޮރުވުމުގެ މައިދާނަށް ބަދަލުވެފައިވާ ތަންތަނެވެ. ބްލޮކޭޑްގެ ސަބަބުން ބަނޑުހައިވެފައިވާ ރައްޔިތުން އެތަންތަނަށް ގެންގޮސް ޝަހީދުކުރަމުންގެންދާ ކަމަށް މީޑިއާ އޮފީހުން ޓެލެގްރާމްގައި ޝާއިޢުކުރި ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާ އޮފީހުން އެދިފައިވަނީ އދ އާއި، އެތަނުގެ ސެކިއުރިޓީ ކައުންސިލް އަދި އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން އެމީހުންގެ އަޚްލާޤީ އަދި ޤާނޫނީ ޒިންމާ އަދާކުރުމަށެވެ. އަދި އިޒްރާއީލްގެ އެއްވެސް ޝަރުތެއް ނެތި ރަސްމީ ކްރޮސިންގތައް ހުޅުވުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.

މި ހަމަލާތަކަކީ "ނުރައްކާތެރި، ގަސްތުގައި ތަކުރާރުކޮށް ހިންގާ ޖަރީމާއެއް" ކަމަށް ޣައްޒާ މީޑިއާ އޮފީހުން ސިފަކޮށްފައިވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS