ދުނިޔެ

ނިއުކްލިއަރ މަޝްވަރާތަކުގައި އީރާނުން ޝަރުތު ކުރަނީ ދަތިތައް ލުއިކޮށްދޭން

ނިއުކްލިއަރ މަޝްވަރާތަކުގައި އީރާނުން ޝަރުތު ކުރަނީ ދަތިތައް ލުއިކޮށްދޭން

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމައިލް ބަޣާއީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖޫން 2025، 08:45

02 ޖޫން 2025، 08:45

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާއެކު އައު އެއްބަސްވުމަކަށް ވާސިލުވުމަށްޓަކައި، އެ ގައުމުގެ މައްޗަށް އަޅާފައިވާ ދަތިތައް ލުއިކޮށްދޭނެ ގޮތުގެ ސާފު ތަފްސީލު ހާމަކުރުމަށް އީރާނުން އެމެރިކާއަށް ގޮވާލައިފިއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން އިސްމާއިލް ބަޣާއީ މި ވާހަކަތައް ދެއްކީ، އެމެރިކާއިން "ގަބޫލުކުރެވޭ" ހުށަހެޅުމެއް ހުށަހެޅި ތާ ދުވަސްކޮޅެއް ފަހުންނެވެ. ނަމަވެސް ޔަގީންނުކުރެވޭ ރިޕޯޓުތަކުން ދައްކާ ގޮތުގައި އީރާނުން މި ހުށަހެޅުން ދެކެނީ "ފެށުމެއްގެ ގޮތުގައިވެސް ނުބެލެވޭނެ" އެއްޗެއްގެ ގޮތުގައެވެ.

އައިއާރްއެންއޭ ނިއުސް އެޖެންސީން ގެނެސްދިން ބަޣާއީގެ ވާހަކައިގައި، ހަގީގީ މާނައެއްގައި ދަތިތައް ނިމުމަކަށް ގެނައުމާއި އަދި އެކަން ކުރާނެ ގޮތާއި ނިޒާމު އެނގެން ޖެހޭނެ ކަމަށް ބާރުއަޅާފައިވެއެވެ.

 އެމެރިކާއިން މިހާތަނަށް މިކަމާ ގުޅޭ ގޮތުން ބޭނުންވާ ސާފު މައުލޫމާތު ދީފައެއް ނުވޭ.

ބަޣާއީ ވިދާޅުވިއެވެ.

އީރާނުން "އަމާން" ބޭނުންތަކަށް ޔުރޭނިއަމް އެންރިޗް ކުރުން ކުރިއަށް ގެންދާނެކަން ބަޣާއީ އަލުން ތަކުރާރުކޮށްފައިވެއެވެ. ނަމަވެސް އެމެރިކާގެ ސްޕެޝަލް އެންވޯއި ސްޓީވް ވިޓްކޮފް ވިދާޅުވެފައިވަނީ ރައީސް ޓްރަމްޕް އީރާނުން އެންރިޗްމަންޓް ކުރިއަށް ގެންދިއުމާ ދެކޮޅު ކަމަށެވެ.

އދ. އިން ލީކްވެފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން އީރާނުން 60 ޕަސެންޓަށް އެންރިޗް ކުރެވިފައިވާ ޔުރޭނިއަމްގެ އުފެއްދުންތެރިކަން އިތުރުކޮށްފައިވެއެވެ. މިއީ ނިއުކްލިއަރ ހަތިޔާރަށް ބޭނުންވާ 90 ޕަސެންޓާ ހަމައަށް ނުދިޔަ ނަމަވެސް، ހަކަތަ އުފެއްދުމަށް ބޭނުންވާ 4 ޕަސެންޓަށްވުރެ މާ މަތީ މިންވަރެކެވެ.

އެމެރިކާ އާއި އީރާނާ ދެމެދު އޭޕްރިލް 12 އިން ފެށިގެން ފަސް ބުރެއްގެ މަޝްވަރާތައް ބޭއްވިފައިވެއެވެ. މި މަޝްވަރާތަކުގެ މަގުސަދަކީ 2018 ގައި ޓްރަމްޕް އުވާލި އެއްބަސްވުމުގެ ބަދަލުގައި އައު އެއްބަސްވުމަކަށް ވާސިލުވުމެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS