Ads by Stelco

ޚަބަރު

ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް އަސްސަރިބަހާއި ޝުކުރު:ދިފާއީ ވަޒީރު

ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް އަސްސަރިބަހާއި ޝުކުރު:ދިފާއީ ވަޒީރު

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖޫން 2025، 05:53

02 ޖޫން 2025، 05:53

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން އަސްސަރިބަހާއި ޝުކުރު ދަންނަވައިފިއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެއް ހަދިޔާކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރެވުނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ވިދާޅުވީ، މި އެހީތެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯސްޓްގާޑުގެ ބާރު ދެގުނައަށް އިތުރުކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ޤާބިލުކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނާއިބު އަދި ދިފާޢީ ވަޒީރު، އޮނަރަބަލް ރިޗާޑް މާލްސް މިއަދު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ކުރެއްވި ޒިޔާރަތުގައި މި އެހީތެރިކަން އިޢުލާނުކުރެއްވިއެވެ. މި އުޅަނދާއެކު، އޮސްޓްރޭލިއާއިން ރާއްޖެއަށް 'މަލްޓި ބީމް އިކޯ ސައުންޑާ' އެއްވެސް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.



ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މިހާރު ބަންނަމުންދާ ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދު 2026 ވަނަ އަހަރުގެ އޭޕްރިލް މަހުލް މަހުގެ ތެރޭގައި ދިވެހި ސިފައިންގެ ޚިދުމަތަށް ނެރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި އެހީތެރިކަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ އަދި ދެމެހެއްޓެނިވި ގުޅުމުގެ ހެއްކެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.މި ޒިޔާރަތުގައި، ދިފާޢީ ދާއިރާއާއި، ސަލާމަތާއި، ސަރަޙައްދީ ހަމަޖެހުމުގެ ރޮނގުން، ދެ ޤައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާ ބައްދަލުވުމެއް ބޭއްވުނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS