Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސަމޯއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ސަމޯއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ސަމޯއާގެ ދިދަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖޫން 2025، 06:14

01 ޖޫން 2025، 06:14

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަމޯއާގެ ދައުލަތުގެ އިސްވެރިޔާ، ހިޒް ހައިނަސް ޓޫއިމަލެއަލިފާނޯ ވާލެޓޯއާ ސުއަލައުވީ ދެވަނަ އަށާއި ބޮޑުވަޒީރު ހަރ އެކްސެލަންސީ ފިއާމޭ ނައޯމީ މަޓައާފާއަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ. މި ތަހުނިޔާ ފޮނުއްވާފައިވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކުއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް ތަހުނިޔާގެ މެސެޖެއް ޙިއްޞާކުރައްވައިފައެވެ. މި މެސެޖުގައި، ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މިނިވަން ދުވަސް ފާހަގަކުރުމަކީ ޤައުމީ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގެ ޢަޒުމު އައުކޮށްދޭ އަދި އަންނަން އޮތް ހުރިހާ ޖީލުތަކަށްޓަކައި ޤައުމުގެ ތަރައްޤީގެ މަގު ކަނޑައެޅުމުގެ އަޒުމު ހަނދާންކޮށްދޭ މުނާސަބަތެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުދި ޖަޒީރާ ތަރައްޤީވަމުންދާ ޤައުމުތަކެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއާއި ސަމޯއާއަށް ދިމާވާ ގޮންޖެހުންތަކަކީ އެއްގޮތް ގޮންޖެހުންތަކެކެވެ. މި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމުގެ ދެމެދުގައްޔާއި، ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން އިތުރުކުރެވިދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ ސަމޯއާގެ ދައުލަތުގެ އިސްވެރިޔާއަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS