Ads by Stelco

ޚަބަރު

މާލެ ސަރަޙައްދުގެ ކަރަންޓު ކެނޑުނު މައްސަލަ ދިރާސާކޮށް އިންތިޒާމުތައް ހަރުދަނާކުރާނަން: ވަޒީރު ޠާރިޤް

މާލެ ސަރަޙައްދުގެ ކަރަންޓު ކެނޑުނު މައްސަލަ ދިރާސާކޮށް އިންތިޒާމުތައް ހަރުދަނާކުރާނަން: ވަޒީރު ޠާރިޤް

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ފޮޓޯ:އަދަދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖޫން 2025، 05:39

01 ޖޫން 2025، 05:39

މިއަދު މެންދުރު 12:30 ހާއިރު މުޅި މާލެ ސަރަޙައްދުން ކަރަންޓު ކެނޑުނު މައްސަލަ ދިރާސާކޮށް، ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން މުޅި މާލެ ސަރަޙައްދުން ކަރަންޓު ކެނޑުނު ނަމަވެސް، މިހާރު މާލެއާއި ހުޅުމާލޭގެ ބޮޑު ބަޔަކަށް ވަނީ ކަރަންޓު ދެވިފައެވެ. އަދި މުޅި މާލެ ސަރަޙައްދަށް މިރޭ އިރުއޮއްސުމުގެ ކުރިން ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެފައިވަނީ، މާލެ، ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުމާ ގުޅިގެން ކަރަންޓުގެ ޚިދުމަތް އަނބުރާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ދިމާވި މައްސަލަ ދިރާސާކޮށް ބަލައި، ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މުޅި މާލެ ސަރަޙައްދުން ކަރަންޓު ކެނޑުމާ ގުޅިގެން ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތަކަށް މަޢާފަށް އެދިވަޑައިގެންފައެވެ.މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ. 

                    

މި ލިޔުން ކިޔާލުމުން

Ads by MSS