Ads by Stelco

ޚަބަރު

ކުޑަގިރީގައި ޒުވާނުންގެ ޔޫތު ކޭމްޕް ފަށައިފި!

ކުޑަގިރީގައި ޒުވާނުންގެ ޔޫތު ކޭމްޕް ފަށައިފި!

ޒުވާނުންގެ ޔޫތު ކޭމްޕް ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2025، 04:48

31 މޭ 2025، 04:48

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ޔޫތު ކޭމްޕު މިއަދު ކުޑަގިރީގައި ފަށައިފިއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޭމްޕުގައި 65 ޒުވާނުން ބައިވެރިވެފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މި ކޭމްޕުގައި ތަފާތު ގިނަ ކުޅިވަރުތަކެއް ބީޗުގައި ކުޅުމަށް ރޭވިފައިވާ ކަމަށާއި، ކޭމްޕު ނިމުމުން ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މިއީ މި ވުޒާރާއިން ވިދިވިދިގެން ދެވަނަ އަހަރަށް ބާއްވާ ޔޫތު ކޭމްޕެވެ. މިދިޔަ އަހަރު ކޭމްޕު ބޭއްވީ ފަރުކޮޅުފުށީގައެވެ. އޭރު އެ ކޭމްޕު އިންތިޒާމުކޮށްފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ. އެ ކޭމްޕުގައި 46 ޒުވާނުން ބައިވެރިވެފައިވެއެވެ.


މި އަހަރުގެ ކޭމްޕުގައި މިދިޔަ އަހަރަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. މި ކަހަލ ކޭމްޕުތަކަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން އުފެއްދުމަށާއި، އެކި ހުނަރުތައް ދަސްކުރުމަށް މުހިންމު ފުރުސަތުތަކެއް ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.




މި ލިޔުން ކިޔާލުމުން

Ads by MSS