Ads by Stelco

ޚަބަރު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އެންމެ ފަހު ދުވަސް ޢާއިލީ ދުވަހެއްގެ ގޮތުގައި މިއަދު ފާހަގަކުރަނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އެންމެ ފަހު ދުވަސް ޢާއިލީ ދުވަހެއްގެ ގޮތުގައި މިއަދު ފާހަގަކުރަނީ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު ފޮޓޯ:ބީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2025، 04:13

31 މޭ 2025، 04:13

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އެންމެ ފަހު ދުވަސް މިއަދު ފާހަގަކުރަނީ ޢާއިލީ ދުވަހެއްގެ ގޮތުގައި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މި މަހުގެ 23 ވަނަ ދުވަހު ފެށުނު މި މައުރަޒުގެ އެންމެ ފަހު ދުވަހުގެ ގޮތުގައި މިއަދު ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މިއަދުގެ ޙަރަކާތްތަކުގެ ތެރޭގައި ހެނދުނު 7:00 އިން 11:00 އަށް ކުޑަކުދިންނަށް އަމާޒުކޮށްގެން ޚާއްޞަ ކުޅިވަރުތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ހަވީރު 4:00 އިން 6:00 އަށާއި ރޭގަނޑު 8:00 އިން 11:00 އަށް މައުރަޒުގެ އެހެނިހެން ޙަރަކާތްތައް ކުރިއަށްދާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.


މިއަދުގެ ޚާއްޞަ ޙަރަކާތްތަކުގެ ތެރޭގައި އެންސީއޭ ބޭންޑް، ފަންނުވަރު، ރޮބޯމޭން، ހޭވައްލާ ބޮޑުބެރު، ފެޝަން ޝޯވް، ކޮކޯ މާފިއާ، ކާނިވަލް ގޭމްސް، 360 ވީޑިއޯ ބޫތް، ބާސްކެޓްބޯލް ޝޫޓިންގ އަދި ލެގޯ ބިލްޑިންގ ފަދަ ޙަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ސްޓޭޖް ލައިވް ޕަރފޯމަންސްތަކާއި އެކި އުމުރުފުރައިގެ މީހުންނަށް ބައިވެރިވެވޭނެ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މައުރަޒަކީ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ތަނަކުން ދައްކުވައިދޭ، ދިވެހީންގެ ޒަމާނީ މަސައްކަތްތެރިކަމާއި ޒަމާންވީ ފަންނުވެރިކަން ހިމެނޭ މައުރަޒެކެވެ. މި މައުރަޒުގެ މަޤްޞަދަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން މި މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ. މިއަދަކީ މި މައުރަޒުގެ އެންމެ ފަހު ދުވަސް ކަމަށްވުމާއެކު، ގިނަ ބައެއްގެ ޝައުޤުވެރިކަން ހުރި ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަން ފާހަގަކުރެވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS