Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސައުދީ އަރަބިއާގައި ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2025، 04:02

31 މޭ 2025، 04:02

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި މިއަދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގަންނަވާ ވަފުދު މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސެވުމުން، މަދީނާގެ ޑެޕިއުޓީ ގަވަރުނަރު އުބްދުލްމުޙަސިން ހަމީދު މަރުޙަބާ ދެންނެވިއެވެ. އަދި ރައީސްގެ ޝަރަފުގައި ގާޑް އޮފް އޮނަރއެއްވެސް އަރުވާފައިވެއެވެ.


މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި މާލީ ވަޒީރު މޫސާ ޒަމީރު، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި ދަތުރުފުޅަކީ ސައުދީ ސަރުކާރުން ދެއްވި ޚާއްޞަ ދަޢުވަތެއްގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ސައުދީ ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާތީ، ދިވެހި ސަރުކާރުން އިތުރު ޚަރަދެއް ކުރައްވަން ނުޖެހޭނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން، މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ލުުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއި، ޖިއްދާ އެއަރޕޯޓުގައި ޙައްޖުވެރިން މަޑުކުރަން ނުޖެހުމާއި، މައްކާއިން މަދީނާއަށް ހައި ސްޕީޑު ޓްރެއިންގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS