ދުނިޔެ
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ނެތަންޔާހޫ އެއްބަސްވާންޖެހޭ: އިޒްރާއިލްގެ އިދިކޮޅު ލީޑަރު

އިޒްރާއިލްގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެއްބަސްވާންޖެހޭ ކަމަށް އިޒްރާއިލްގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ބުނެފިއެވެ.
އިޒްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ވަނީ ޞުލްޙައިގެ ވާހަކަތަކުގައި އެމެރިކާއިން ބައިވެރިވާ މަންދޫބުގެ ހުށަހަޅުއްވާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އޮނިގަނޑަށް ވަގުތުން އެއްބަސްވުމަށް ބެންޖަމިން ނެތަންޔާހޫއަށް ގޮވާލައިފައެވެ.
އިޒްރާއީލުގެ ކެބިނެޓުގައި ތިބި ހަރުކަށި ވިސްނުމުގެ މެންބަރުން މި އެއްބަސްވުމާ ދެކޮޅު ހެދިކަމުގައި ވިޔަސް، އެއްބަސްވުމަށް ސިޔާސީ އެއްބާރުލުން ދޭން ތައްޔާރަށް ހުރި ކަމަށް ލަޕިޑް ބުނެފައިވެއެވެ.
"އެމެރިކާގެ މެދުވެރިޔާ ސްޓީވް ވިޓްކޮފް މިއަދު ހެނދުނު ހާމަކުރެއްވި އޮނިގަނޑަށް އިޒްރާއީލުން ވަގުތުން އަދި ހާމަކޮށް އެއްބަސްވާން ޖެހޭ،" ލަޕިޑް އެކްސް ގައި ބުނެފައިވެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ހަމާސްއިން ބުނެފައިވަނީ، ދާއިމީ ހަނގުރާމަ ހުއްޓާލުމަކާއި، ޣައްޒާއިން އިޒްރާއީީލ ްސިފައިން އެއްކޮށް ފައިބައި އިންސާނީ އެހީ ހުރަހެއްނެތި ވެއްދުމަށް ވިޓްކޮފް އާއިއެކު އެެއްބަސްއވެވުމަކަށް އާދެވިފައިވާކަމަށެވެ.
އެކްސިއޯސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ވިޓްކޮފް ވަނީ އޮވަލް އޮފީހުގައި ޓްރަމްޕާއި ބައްދަލުކޮށް "އައު ޝަރުތުތަކެއްގެ ކަރުދާހެއް" އެކުލަވައިލައި ޓްރަމްޕްގެ ހުއްދައަށް ހުށައަޅައިފައި ކަމަށް ބުނެފައެވެ.