ޚަބަރު
ހަތަރު ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުން
ހަތަރު ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް ހެލްތު މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އަސްބާޙް އަލީ ނަޞީރެވެ.
މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރެވޭ ތަންތަނަކީ ހއ. ފިއްލަދޫ ޞިއްޙީމަރުކަޒުގެ އެކްސްުގެ އެކްސްޕެންޝަން ޢިމާރާތާއި، ރ. މީދޫ ހޮސްޕިޓަލްގެ އައު ޢިމާރާތާއި، މ. މުލަކު ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތާއި، ގއ. ދާންދޫ ހޮސްޕިޓަލްގެ އައު ޢިމާރާތެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުރި މަސައްކަތަކީ ގއ. ދާންދޫ ހޮސްޕިޓަލްގެ އައު ޢިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ އަގަކީ 108,322,537.03 ރުފިޔާއެވެ. އަދި އެންމެ ކުޑަ އަގެއް ހުރި މަސައްކަތްތަކަކީ ހއ. ފިއްލަދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތާއި ރ. މީދޫ ހޮސްޕިޓަލްގެ އައު ޢިމާރާތް ކުރުމުގެ މަސައްކަތެވެ. މި ދެ މަސައްކަތުގެ އަގަކީ ވަކިވަކިން 11,997,890.47 ރުފިޔާއެވެ. މ. މުލަކު ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތުގެ އަގަކީ 26,469,925.89 ރުފިޔާއެވެ.
04 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި @rdcmaldives އާއެކު، ރޭ ވަނީ ސޮއިކުރެވިފައެވެ. pic.twitter.com/rBVuEgC6V3
— Ministry of Health (@MoHmv) May 29, 2025