ޚަބަރު
ފަސް ރަށެއްގެ ޞިއްޙީ މަރުކަޒުތައް އިމާރާތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ފަސް ރަށެއްގެ ޞިއްޙީ މަރުކަޒުތައް އިމާރާތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރުން
ހެލްތު މިނިސްޓްރީން ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް ހެލްތު މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޔަރޑް އަޙްމަދު ސަޢުދީއެވެ.
އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
ހއ. އުލިގަމު ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް - 14,325,501.46 ރުފިޔާ
ހދ. ކުމުންދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް - 27,262,552.40 ރުފިޔާ
ރ. އިންނަމާދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް - 7,643,677.0 ރުފިޔާ
އދ. އޮމަދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް - 27,237,712.40 ރުފިޔާ
ދ. ހުޅުދެލި ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް - 10,065,689.23 ރުފިޔާ
މި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 86,535,132.49 ރުފިޔާއެވެ. މި މަސައްކަތްތައް ހަވާލުކުރެވިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައެވެ.
05 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި @MTCCPlc އާއެކު، ރޭ ވަނީ ސޮއިކުރެވިފައެވެ. pic.twitter.com/rd6xGhsP9u
— Ministry of Health (@MoHmv) May 29, 2025