Ads by Stelco

ޚަބަރު

ނުވަ ރަށެއްގެ ޞިއްޙީ މަރުކަޒުތައް އިމާރާތްކުރުމަށް ފެނަކައާ ހަވާލުކޮށްފި

ނުވަ ރަށެއްގެ ޞިއްޙީ މަރުކަޒުތައް އިމާރާތްކުރުމަށް ފެނަކައާ ހަވާލުކޮށްފި

ނުވަ ރަށެއްގެ ޞިއްޙީ މަރުކަޒުތައް އިމާރާތްކުރުމަށް ފެނަކައާ ހަވާލުކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2025، 11:45

29 މޭ 2025، 11:45

ހެލްތު މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ރާއްޖޭގެ ނުވަ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފެވެ.

މި މަޝްރޫޢުގެ ދަށުން، ދެ ރަށެއްގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ކުރުމާއި، 7 ރަށެއްގައި އެކްސްޕެންޝަން މަސައްކަތް ކުރުން ހިމެނެއެވެ. އައު އިމާރާތް ކުރެވޭ ދެ ރަށަކީ ހއ. މޮޅަދޫ އާއި ރ. މަޑުއްވަރީއެވެ.

އެކްސްޕެންޝަން މަސައްކަތް ކުރެވޭ ރަށްތަކަކީ ހއ. މުރައިދޫ، ހއ. ތަކަންދޫ، ހދ. ނޭކުރެންދޫ، ރ. ކިނޮޅަސް، ރ. ފައިނު، ރ. ރަސްމާދޫ އަދި ދ. ރިނބުދޫއެވެ.



މި މަޝްރޫޢުގެ ޖުމްލަ އަގަކީ 127,701,459.78 ރުފިޔާއެވެ. މީގެ ތެރެއިން އެންމެ ބޮޑު އަގެއް ހިނގާނީ ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތަށެވެ. އެ މަސައްކަތުގެ އަގަކީ 28,579,999.99 ރުފިޔާއެވެ. އެންމެ ކުޑަ އަގެއް ހިނގާނީ ރ. ކިނޮޅަސް ޞިއްޙީ މަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތަށެވެ. އެ މަސައްކަތުގެ އަގަކީ 9,206,428.86 ރުފިޔާއެވެ.



                    

މި ލިޔުން ކިޔާލުމުން

Ads by MSS