ޚަބަރު
އެމްއެންޔޫއިން ރޮބޮޓިކް ހެކަތަން ފަށައިފި: ދަރިވަރުން އަމިއްލައަށް ރޮބޮޓް ހަދަނީ

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ރޮބޮޓިކް ހެކަތަންއެއް ފަށައިފި
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ރޮބޮޓިކް ހެކަތަންއެއް ފަށައިފިއެވެ. މި ހެކަތަނަކީ ކޮމްޕިއުޓަރ ސައިންސް ކިޔަވާ ދަރިވަރުންގެ ރޮބޮޓިކް މޮޑިއުލްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެމްއެންޔޫއިން ވިދާޅުވެފައިވެއެވެ.
މި ހަރަކާތް ކުރިއަށް ގެންދާނީ 2 ދުވަހުގެ މުއްދަތަށެވެ. މި މުއްދަތުގެ ތެރޭގައި ދަރިވަރުން އަމިއްލައަށް ރޮބޮޓްތައް ހަދަމުންދާނެކަމަށް އެމްއެންޔޫއިން މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި ރޮބޮޓްތައް ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފެކަލްޓީގެ ފަރާތުން ފޯރުކޮށްދެމުންދާނެކަމަށްވެސް އެމްއެންޔޫއިން ވިދާޅުވެފައިވެއެވެ.
The Faculty of Engineering, Science and Technology of MNU is proud to launch a Robotics Hackathon designed exclusively for our students, those ready to dream, design, and disrupt. It’s a platform where the next generation of tech leaders come together to build real-world… pic.twitter.com/ASdcefdC2X
— The Maldives National University (@MNUedu) May 29, 2025
މި ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑީން އާދަމް ޚާލިދު ވިދާޅުވީ، މިއީ ރޮބޮޓިކް ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ.ެވެ.
"މީގެ މައިގަނޑު މަޤްޞަދަކީ ކުދިން ރޮބޮޓިކްސްއަށް ފެމެލިއާކުރުން. ރޮބޮޓިކްސްއަކީ މިހާރު ދުނިޔޭގައި އެންމެ ބޮޑަށް ހިންގާ އެއް ދާއިރާވީމަ، މިއަށް ފެމެލިއާ ކުރުމާއި، ކުދިން ލައްވާ މިކަހަލަ ކޮމްޕެޓިޝަންތަކުގައި ބައިވެރިކުރުން މުހިންމު،" ޑީން އާދަމް ޚާލިދު ވިދާޅުވިއެވެ.
ޑީން އާދަމް ޚާލިދު އިތުރަށް ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން ދަރިވަރުންގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ވަޒީފާގެ މާޙައުލުގައި މަސައްކަތްކުރާއިރު ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީއިން ކޮންމެ އަހަރަކުވެސް ދަނީ ރޮބޮޓިކް ހެކަތަންތައް ބާއްވަމުންނެވެ. މިގޮތުން މިދިޔަ އަހަރު ބޭއްވި ހެކަތަންގައިވެސް ދަރިވަރުން ވަނީ ތަފާތު ވައްތަރުގެ ރޮބޮޓްތައް އުފައްދާފައެވެ.