Ads by Stelco

ޚަބަރު

ޙައްޖުވެރިންގެ 3 ވަނަ ގުރޫޕް ސަޢުދީއަށް ފުރައިފި

ޙައްޖުވެރިންގެ 3 ވަނަ ގުރޫޕް ސަޢުދީއަށް ފުރައިފި

މި ފްލައިޓުގައި 252 ޙައްޖުވެރިން ދަތުރުކުރި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2025، 10:37

29 މޭ 2025، 10:37

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ގެ 3 ވަނަ ގުރޫޕް މިއަދު ހެނދުނު ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.

މި ގުރޫޕް ފުރާފައިވަނީ މިއަދު ހެނދުނު 6:30 ގައި ރާއްޖޭގެ ޤައުމީ އެއަރލައިނުންނެވެ. މި ފްލައިޓުގައި 252 ޙައްޖުވެރިން ދަތުރުކުރިއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓުގައި ޖައްސާނެ ކަމަށް ލަފާކުރެވެނީ މެންދުރުފަހު 12:55 ގައެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ސަރުކާރުން ވަނީ ޙައްޖުވެރިންނަށް އެއަރޕޯޓަށް ދިއުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. މާލެއާއި ހުޅުމާލެއިން ބަހުގައި އަދި ފެރީގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވެއެވެ. މިގޮތުން ރޭ ދަންވަރު 1:30 ގައި ބަސް ދަތުރުތައް ފެށުމާއެކު ޙައްޖުވެރިން ވަނީ އެއަރޕޯޓަށް ޖަމާވާން ފަށާފައެވެ.

ދިވެހިރާއްޖެއިން މިއަހަރު ޙައްޖަށް ދާ މީހުން ފުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. ޙައްޖުވެރިން 4 ގުރޫޕަކަށް ބަހާލައިގެން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާއިރު، ސަޢުދީ އެއަރލައިންގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓްތަކުގައިވެސް ދަތުރުކުރެއެވެ. މިހާތަނަށް މޯލްޑިވިއަންގެ ބޯޓުން ދެ ދަތުރު ވަނީ ކޮށްފައެވެ.

ޙައްޖުވެރިންގެ އެންމެ ފަހު ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު ސަޢުދީ އެއަރލައިންގެ ފްލައިޓަކުންނެވެ.
މިއަހަރު ދިވެހި ޙައްޖުވެރިން ފުރަނީ ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުގައެވެ. 

ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުއެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙަމަދު މުޢިއްޒުގެ އެދިލެއްވުމަށް ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS