ދުނިޔެ

ވަރްދް ޚަލީލް: ﷲގެ ރަޙްމަތުން އަލިފާނުން ސަލާމަތްވި ފަލަސްޠީނުގެ ލޯބި ލޯބި ފިނިފެންމާ

ވަރްދް ޚަލީލް: ﷲގެ ރަޙްމަތުން އަލިފާނުން ސަލާމަތްވި ފަލަސްޠީނުގެ ލޯބި ލޯބި ފިނިފެންމާ

ހަމަލާގައި ސަލާމަތްވި ތުއްތު ވަރްދް ޚަލީލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މޭ 2025، 11:02

28 މޭ 2025، 11:02

އިޒްރާއިލުން ޣައްޒާގެ ފަހުމީ އަލް-ޖަރޖާވީ ސްކޫލަށް  ދިން ހަމަލާގައި 33 މީހަކު ޝަހީދުވެގެން ދިޔައެވެ. އެހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި 6 އަހަރުގެ ތުއްތު ވަރްދް ޚަލީލްގެ މަންމައާއި އެއްބަނޑު އެއްބަފާ ކުދިން ހިމެނެއެވެ.

ޢާއިލާގެ މެމްބަރުން ވަކިވެގެން ދިޔައިރު ވަރްދް ވަނީ ސަލާމަތްވެފައެވެ. ވަރްދްގެ އިތުރުން އޭނާގެ ބައްޕައާއި އެއްބަނޑުއެެއްބަފާ އިތުރު ކުއްޖަކުވެސް ސަލާމަވެފައިވެއެވެ. ވަރްދްގެ ބައްޕައަށާއި އޭނާގެ ކޮއްކޮއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. 

ފަހުމީ އަލް-ޖަރޖާވީ ސްކޫލަށް އިޒްރާއިލުން ދިން ހަމަލާގައި އެސްކޫލްގައި އަލިފާން ރޯވެފައި އޮތް ވަގުތު އަލިފާން ގަނޑުގެ ތެރެއިން ސަލާމަތްވުމަށް ކުޑަކުއްޖަކު ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔައެވެ. އެ ވީޑިއޯގައި ފެންނަ ކުއްޖަކީ ވަރްދް ޚަލީލެވެ.

އަހަރެން އަލިފާނުގެ ތެރެއިން ހިނގައިފައި ދިޔައީ ސަލާމަތްވުމަށް. އަހަރެން އަލިފާނުގެ ތެރޭގައި އުޅެނިކޮށް ފުރާޅު އަހަރެންގެ މައްޗަށް ވެއްޓުނު. މުޅި ފުރާޅު ވެއްޓުނު. އަލިފާން ގަނޑު ގަދަވަމުން ދިޔަ، ބަލަ؟ އަހަރެންގެ އަތް މިތަނުން އަނދައިފި. 

އޭނާ ކެމެރާއަށް އަނިޔާތައް ދައްކަމުން ބުނެފައިވެއެވެ. ވަރްދް ރޮމުން އޭނާގެ އާއިލާއަށް ވީގޮތް ކިޔައިދިނެވެ.

 އެމީހުން ޝަހީދުވީ. ﷲ ފާފަފުއްސަވާށި.  

ކުޑަކުޑަ ވަރްދް ކަރުނަ އޮހޮރަމުން ބުނެފައިވެއެވެ.

ފަހުމީ އަލް-ޖަރޖާވީ ސްކޫލުގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ޢާއިލާއެއް ދިޔައީ ހިމާޔަތް ހޯދަމުންނެވެ. ޙަމަލާއަށްފަހު ނެގުނު މަންޒަރުތަކުން ފެންނަނީ ލޭ ބުރާފައިވާ ފާރުތަކާއި، އަނދާފައިވާ ގޮދަނޑިތަކެވެ. އަދި މީހުން ސަލާމަތްކުރާ މީހުންނާއި، ހިތްދަތިކަމާއިއެކު ޢާއިލާގެ މެންބަރުން ހޯދުމުގައި އުޅުނު މީހުން ފެނެއެވެ.

ނޫސްވެރިން ޕޯސްޓްކުރަމުންދިޔަ ފޮޓޯތަކަށް ބަލަމުންދިޔައިރު، ސިވިލް ޑިފެންސްއާއެކު ވަރްދްގެ ފޮޓޯއެއް ފެނުނު، އަދި އެއީ އަހަރެންގެ ކޮއްކޮގެ އަންހެން ދަރިފުޅުކަން އެނގުނު.

ވަރްދްގެ ބޮޑުބޭބެ އިޔާދު އަލް-ޝައިޚް ޚަލީލް ބުނެފައިވެއެވެ.

މިކަހަލަ ހަމަލާއަކުން، މިކަހަލަ ހަނގުރާމައެއްގައި ސަލާމަތްވާ ކުއްޖެއްގެ ޙާލަތު ހުންނާނީ ކިހިނެއް؟ އޭނާއަށް ނަފްސާނީ ގޮތުން އަސަރުކުރާނެކަން ކަށަވަރު. އަހަރެމެން އެންމެންނަށްވެސް ނަފްސާނީ ގޮތުން އަސަރުކުރޭ އެއީ ބަޔާންކުރަން ނޭނގޭވަރުގެ ކަމެއް.

އިޔާދް އިތުރަށް ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އދ. އާ ގުޅުންހުރި ސްކޫލުތަކަށް ހިޖުރަކޮށްފައެވެ. މޭ 7 ގައި އިޒްރާއީލް ބާރުތަކުން ބުރެއިޖު ރެފިއުޖީ ކޭމްޕުގައި ހުރި، 2،000 ފަލަސްޠީނު ރައްޔިތުން ހިމާޔަތް ހޯދަމުންދިޔަ އެއް ސްކޫލަކަށް އެއް ދުވަހެއްގެ ތެރޭގައި ދެ ފަހަރު ޙަމަލާދީ، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 29 އާންމު ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS