Ads by Stelco

ޚަބަރު

ޙައްޖުވެރިން ޓަރމިނަލްއިން ނުކުތުމާ ދެމެދު އެރައިވަލް ޓަރމިނަލް ތެރޭގައި ހޭދަވީ އެންމެ 3 މިނެޓް: ޝަކީލް

ޙައްޖުވެރިން ޓަރމިނަލްއިން ނުކުތުމާ ދެމެދު އެރައިވަލް ޓަރމިނަލް ތެރޭގައި ހޭދަވީ އެންމެ 3 މިނެޓް: ޝަކީލް

ރާއްޖޭގެ ޙާޖީން ޖިއްދާ އެއަރޕޯޓްގައި ފޮޓޯ:ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2025، 05:24

27 މޭ 2025، 05:24

ދިވެހި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ޖިއްދާ އެއަރޕޯޓަށް ޖެއްސި ހައްޖުވެރިން، އެރައިވަލް ޓަރމިނަލްއިން ނުކުތުމަށް ހޭދަކުރީ އެންމެ 3 މިނެޓްކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް ވިދާޅުވިގޮތުގައި، ފްލައިޓުން ފައިބައި ޓަރމިނަލްއަށް ވަދެވުމާއެކު، ހިނިތުންވުމާއެކު މަރުޙަބާ ކިޔުމަށް ތިބީ މައްކާ ރޫޓްގެ އޮފިޝަލުންނެވެ. އަދި އެ އޮފިޝަލުން ދެއްވި އިރުޝާދާ އެއްގޮތަށް ހައްޖުވެރިން ޓަރމިނަލް ތެރެއަށް ވަދެ، އަވަސް ވަގުތުކޮޅެއްގެ ތެރޭގައި ނުކުމެވުނެވެ.މައްކާ ރޫޓްގެ ޚިދުމަތާއެކު ހައްޖުވެރިންނަށް ލިބިގެން ގޮސްފައިވަނީ ބޮޑު ލުއިފަސޭހައެއްކަން ޝަކީލް ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ޝަކީލް ވަނީ ޑރ. މުޙައްމަދު މުޢިއްޒަށް އަދި  މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޝުކުރު އަދާކުރައްވާފައެވެ.

މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙްކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުން ފެށިގެން ދިވެހި ޙައްޖުވެރިން ހައިސްޕީޑް ރޭލުގައި ދަތުރުކުރާގޮތަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.



މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދާ ދިވެހި ޙައްޖުވެރިން މީގެ ކުރިން މައްކާއާއި މަދީނާއާ ދެމެދު ކުރާ ދަތުރަކީ 8 ގަޑިއިރާއި 10 ގަޑިއިރާ ދެމެދު ދަތުރެއްކަމަށެވެ. އެހެންނަމަވެސް އެ ދަތުރުތައް ހައިސްޕީޑް ރޭލުގައި ކުރާގޮތަށް ރައީސް ނިންމެވުމާއެކު މިއަހަރުން ފެށިގެން ޙައްޖުވެރިން މައްކާއިން މަދީނާއަށް ދަތުރުކުރާނީ ހައިސްޕީޑް ރޭލުގައިކަމަށެވެ. މީގެ ސަބަބުން ދަތުރުގެ ވަގުތު 2 ގަޑިއިރަށް ކުރުވެގެންދާނެކަމަށާއި އަދި މިއީ ޙައްޖުގެ އަޅުކަމަށްފަހުވެސް ޙައްޖުވެރިންގެ ތަކުލީފުތަކަށް ލިބޭ ބޮޑު ލުޔަކަށްވެގެންދާނެ ކަމެއް ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ އިއްޔެއެވެ. އަދި މިއަދު ދެވަނަ ގުރޫޕު ފުރާފައިވާއިރު، ފަހު ގުރޫޕު ފުރާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުއެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙަމަދު މުޢިއްޒުގެ އެދިލެއްވުމަށް ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS