ދުނިޔެ
އެމެރިކާއިން ހަނގުރާމަ ހުއްޓާލުމަށް ހުށައެޅި ހުށައެޅުމަށް ހަމާސްއިން އެއްބަސް، އިޒްރާއިލާއި އެމެރިކާއިން ދެކޮޅު

ޣައްޒާގެ ޝަހީދެއްގެ ހަށިގަނޑު ކައިރީގައި އޭނާގެ އާއިލާގެ މެމްބަރުން
ހުލާސާ
ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށައެޅި ހުށައެޅުމަށް ހަމާސްއިން އެއްބަސްވެއްޖެއެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ހުށަހެޅި ކަމަށް ބުނާ ޕްރޮޕޯސަލްއަކަށް ހަމާސްއިން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވީމަނަމަވެސް އެމެރިކާގެ އިސް އޮފިޝަލުންނާއި އިޒްރާއިލުން މިކަން ދޮގުކޮށްފިއެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ މި ހުށައެޅުމަކީ "ޤަބޫލުކުރެވޭނެ" އެއްޗެއް ނޫންކަމަށެވެ.
އިޒްރާއިލުގެ އޮފިޝަލުން ރޮއިޓަރސްއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މިއީ އެމެރިކާއިން ހުށަހެޅި ޕްރޮޕޯސަލްއެއް ނޫނެވެ. އަދި އިޒްރާއިލްގެ ސަރުކާރުން މިފަދަ ހުށައެޅުމެއް ޤަބޫލް ނުކުރާނެކަމަށެެވެ.
ސުލްޙައިގެ ވާހަކަތަކަސް މަގުކޮށުމަށް މަސައްކަތް ކުރެވެމުންދާއިރުވެސް އިޒްރާއިލުން ދަނީ ހުއްޓުމެއްނެތި ޣައްޒާއަށް ވަރުގަދަ ހަމަލާތައްދެމުންނެވެ. އަދި ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ދަތިކުރަމުންނެވެ.
ޣައްޒާގެ މެޑިކަލް ސޯސްތަކުން ބުނާ ގޮތުގައި ހޯމަ ދުވަހު އެކަނިވެސް އިޒްރާއިލްގެ ހަމަލާތަކުގައި މަދުވެގެން 81 މީހުން، ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.
އަލްޖަޒީރާގެ ސޯސްތަކުން ބުނާ ގޮތުގައި ހަމާސްއާއި އެމެރިކާގެ މެދުއިރުމަތީގެ ސްޕެޝަލް އެންވޯއި، ސްޓީވް ވިޓްކޮފް، ދޯހާގައި ބޭއްވި ބައްދަލުވުމެއްގައި މި ޑްރާފްޓް އެއްބަސްވުމަށް އެއްބަސްވެފައިވެއެވެ.
މި އެއްބަސްވުމުގައި 60 ދުވަހަށް ހަމަލާތައް ހުއްޓާލައި އަދި ދެ މަރުހަލާއެއްގެ ދަށުން ޣައްޒާގައި ހިފަހައްޓާފައިވާ 10 ރަހީނުން ދޫކޮށްލުން ހިމެނެއެވެ.
ނަމަވެސް ވިޓްކޮފް ވަނީ މިއީ އޭނާގެ ޕްރޮޕޯސަލްއެއް ކަމަށް ބުނާ ބުނުން ދދޮގުކޮށްފައެވެ އަދި އެއެއްބަސްވުމުގައި ވާ ކަންކަމަކީ "އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ" އެއްޗެއް ނޫން ކަމަށް ބުނެފައެވެ.
މީގެކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެރެންޓީ ދޭގޮތަށް، ހަމާސް އަދި އިޒްރާއީލް ދެމެދު އައު އެއްބަސްވުމެއް ހުށަހެޅިފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން އިޒްރާއިލްގެ ސިފައިން ޣައްޒާއިން ފައިބާ، އެއްވެސް ޝަރުތަކާ ނުލައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލެވޭނެއެވެ.
ހަމާސްއިން މި އެއްބަސްވުމާ ގުޅޭގޮތުން އޭރު އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އަދި ނަތަންޔާހޫވެސް މި އެއްބަސްވުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. ނަތަންޔާހޫ ވަނީ ކުރިންވެސް ހަމާސްއިން އެދޭ ދާއިމީ ހުއްޓުމަކަށް ދިއުމަށް އިންކާރުކޮށްފައެވެ. އަދި ހަމަސްއާ ދެކޮޅަށް "ފުރިހަމަ ކާމިޔާބީ" ހޯދަންދެން ހަނގުރާމަ ކުރިއަށް ގެންދަވާނެ ކަމަށް ބުނެފައެވެ.
އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ސޯޝަލް މީޑިއާއަށް ރެކޯޑުކޮށްފައިވާ މެސެޖެއް ދޫކޮށްފައެވެ. އެމެސެޖުގައި އޭނާ ވަނީ ޣައްޒާގައި ތިބި 58 އިޒްރާއިލްގެ ރަހީނުން އަނބުރާ ގެނެސްދޭނެކަމުގެ ޔަޤީންކަން އެމީހުންގެ އާއިލާތަކަށް ދީފައެވެ.
އޭގެ ތެރެއިން 20 މީހުން ދިރިތިބި ކަމަށް ޤަބޫލުކުރެވޭ، ކަމަށް ވަނީ ބުނެފައެވެ.
"މިއަދު ނުވިއްޔާ މާދަމާ، މާދަމާ ނުވިއްޔާ އަނެއް ދުވަހު އަހަރެމެން މިކަން ހާސިލުކުރާނަން. އަހަރެެން ދޫކޮށެއް ނުލާނަން،" ނަތަންޔާހޫ ބުނެފައިވެއެވެ.