ދުނިޔެ
ސަޢޫދީ އަރަބިއްޔާ އާއި ކުވެއިތުގެ އުތުރު ވަފްރާ ސަރަހައްދުން އައު ތެޔޮ ވަޅެއް ހޯދައިފި

ސަޢުދީނ ޢަރަބިއްޔާ އަދި ކުވައިތްގެ ދިދަ
ސަޢުދީ ޢަރަބިއްޔާ އާއި ކުވައިތުގެ އުތުރު ވަފްރާ ސަރަހައްދުން އައު ތެޔޮ ވަޅެއް ހޯދައިފިއެވެ.
ސަޢޫދީ އަރަބިއްޔާ އާއި ކުވެއިތުގެ ސަރުކާރުން އިއުލާން ކުރި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައިވާ ބެހިފައިވާ ސަރަހައްދުގެ ވަފްރާ ފީލްޑުގެ އުތުރުން 5 ކިލޯމީޓަރު ދުރުގައިވާ އުތުރު ވަފްރާ ވަރާ-ބުރްގާން ފީލްޑުން އައު ތެޔޮ ފެނިއްޖެކަމަށެވެ.
ދެ ޤައުމުން އެކުގައި ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، އުތުރު ވަފްރާ (ވަރާ-ބުރްގާން-1) ވަޅުން ދުވާލަކު 500 ބެރަލަށް ވުރެ ގިނަ ތެޔޮ ލިބޭނެކަމަށެެވެ. މި ތެލުގެ އޭޕީއައި ގްރެވިޓީއަކީ 26 އިން 27 ޑިގްރީއެވެ.
މިއީ 2020 ގެ މެދުތެރޭގައި ދެ ޤައުމުން އެކުގައި ހިންގަން ފެށި ބެހިފައިވާ ސަރަހައްދާއި އެ ސަރަހައްދާ އިންވެގެންވާ ކަނޑުގެ ސަރަހައްދުގެ އުފެއްދުންތެރިކަމުގެ މަސައްކަތްތައް އަލުން ފެށުމަށްފަހު ފެނުނު ފުރަތަމަ ތެލުގެ ހޯދުމެވެ. މީގެ ކުރިން މި މަސައްކަތްތައް ވަނީ މެދުކެނޑިފައެވެ.
މި ހޯދުމަކީ ސްޓްރެޓެޖިކް ގޮތުން ވަރަށް މުހިންމު ހޯދުމެއްގެ ގޮތުގައި ބެލެވެއެވެ. މިކަމުން ސަޢޫދީ އަރަބިއްޔާ އާއި ކުވެއިތަކީ ދުނިޔެއަށް އިތުބާރުހުރި ހަކަތައިގެ އުފެއްދުންތެރިންގެ ގޮތުގައި އޮތް ދައުރު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ދެޤައުމުން އެއްކޮށް ހިއްސާކުރާ ތެލުގެ މައިދާންތަކުގައި ތެޔޮ ހޯދުމާއި އުފެއްދުމުގެ ޤާބިލުކަން ދެ ޤައުމަށް ލިބިފައިވާކަން ދައްކުވައިދޭ ކަމެކެވެ.