Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެދިލެއްވުމަށް ސަޢޫދީ ސަރުކާރުން މައްކާ ރޫޓުގައި ރާއްޖެ ހިމަނައިފި

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެދިލެއްވުމަށް ސަޢޫދީ ސަރުކާރުން މައްކާ ރޫޓުގައި ރާއްޖެ ހިމަނައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މައްކާ ރޫޓް އިނީޝިއޭޓި ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 މޭ 2025، 02:15

26 މޭ 2025، 02:15

ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖޭން ބައިވެރިވުން އިފްތިތާޙްކޮށްފައިވަނީ އެކަމަށްޓަކާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައޫދީގެ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމެވީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މިކަން ހަމަޖެހިފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން، މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެވިގެންނެވެ.

މި އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ދިވެހި ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގެ ސަބަބުން ޙައްޖުވެރިންނަށް ލިބިގެންދާނެ ފަސޭހަތަކުގެ ތެރޭގައި ބައޯމެޓްރިކް ޑޭޓާ އެއްކުރެވި އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފުރުމުގެ އިޖުރާއަތުތައް ފަސޭހަވުމާއި، ސަޢޫދީ ޢަރަބިއްޔާއަށް ވަނުމުގެ އިޖުރާއަތުތައް ފަސޭހަވެގެން ދިއުން ހިމެނެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS