Ads by Stelco

ޚަބަރު

އިމިގްރޭޝަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި

އިމިގްރޭޝަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފޮޓޯ:އިމިގްރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2025، 05:51

25 މޭ 2025، 05:51

އިމިގްރޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، އެ އިދާރާގެ އޮޕަރޭޝަންތަކުގައި އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ. މި ކެމެރާތައް ބޭނުންކުރާނީ ރެއިޑްތަކާއި އިމިގްރޭޝަން އޮފިސަރުން ނިކުމެ ހިންގާ އޮޕަރޭޝަންތަކުގައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ފުރަތަމަ ފަހަރަށް ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފައިވަނީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އިމިގްރޭޝަންގެ މަސައްކަތްތައް ވީހާވެސް ދެފުށް ފެންނަ، ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށެވެ. މިކަމުގެ ސަބަބުން އިމިގްރޭޝަން އޮފިސަރުންގެ މަސައްކަތްތައް ހަރުދަނާވެ، އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ގެންދާކަން ކަށަވަރުކުރެވިގެންދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް، އިމިގްރޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މާލެއާއި އަތޮޅުތައް ހިމެނޭގޮތަށް ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންދާއިންދާއިރު، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 6,700 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓްކޮށްފައެވެ.



މީގެ އިތުރުން، "އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ 1,500 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަން އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތާއި ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS