Ads by Stelco

ޚަބަރު

ޑްރެސްކޯޑާއި އެއްގޮތަށް ހެދުންއަޅާފައިވާ ކޮންމެ ނޫސްވެރިއަކަށް ތަފާތުކުރުމަކާނުލާ އިވެންޓްތަކުގައި ބައިވެރިވެވޭނެ : ހީނާ

ޑްރެސްކޯޑާއި އެއްގޮތަށް ހެދުންއަޅާފައިވާ ކޮންމެ ނޫސްވެރިއަކަށް ތަފާތުކުރުމަކާނުލާ އިވެންޓްތަކުގައި ބައިވެރިވެވޭނެ : ހީނާ

ހީނާ ވަލީދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2025، 03:51

25 މޭ 2025، 03:51

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ޙާޒިރުވާ ނޫސްވެރިން ވަކި ޑްރެސްކޯޑަކަށް ތަބާވުން ލާޒިމްކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.


ހީނާ ވަލީދު ވިދާޅުވީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ދަޢުވަތު ދޭއިރު، އެ ބައްދަލުވުމަކަށް ޙާޒިރުވާނެ ޑްރެސްކޯޑް ދަޢުވަތުގައި ހިމަނާފައި ވާނެ ކަމަށެވެ. އަދި ބައްދަލުވުމަށް ނަން ނޯޓުކުރާ ނޫސްތަކަށް މިކަން ހަނދާންކޮށްދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.




މީގެއިތުރުން ޑްރެސްކޯޑާ ޚިލާފަށް ހެދުން އަޅައިގެން އަންނަ ނޫސްވެރިޔާއަށް، ވަގުތު އޮތްނަމަ، ޑްރެސްކޯޑާ އެއްގޮތަށް ހެދުން އަޅައިގެން އައުމަށް އަލުން ފުރުޞަތު ދެމުންދާކަމަށްވެސް ހީނާ ފާހަގަކުރެއްވިއެެވެ.


ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން އިތުރަށް ވިދާޅުވީ ރައީސް އޮފީހަށް ވަދެ ނުކުމެވުމުގައި މިހާރު ޢަމަލުކުރެވެމުންދާ ޑްރެސްކޯޑުގެ އުޞޫލު އެކުލަވާލާފައިވަނީ 2017 ވަނަ އަހަރު ކަމަށެވެ.އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ އިވެންޓަކަށް ކަނޑައަޅާފައިވާ ޑްރެސްކޯޑާ އެއްގޮތަށް ހެދުން އަޅާފައިވާ ކޮންމެ ނޫސްވެރިއަކަށްވެސް އެ އިވެންޓުގައި ބައިވެރިވުމުގެ ފުރުޞަތު އެއްވެސް ތަފާތުކުރުމެއް ނެތި ދެމުން ގެންދާނެކަމަށެވެ.


މި ޑްރެސްކޯޑުގެ ސަބަބުން ނޫސްވެރިންނަށް ދަތިތަކެއް ކުރިމަތިވާނެތޯ ސުވާލު ކުރުމުން، ހީނާ ވިދާޅުވީ މިއީ އާ ކަމެއް ނޫން ކަމަށާއި، ކުރީއްސުރެ ޢަމަލުކުރަމުން އައި އުޞޫލެއް ކަމަށެވެ. އަދި މި އުޞޫލަކީ ރައީސް އޮފީހުގެ ޤަދަރާއި ޙުރުމަތް ހިފެހެއްޓުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS