ދުނިޔެ

ޣައްޒާގެ އަލް-އައުދާ ހޮސްޕިޓަލުން ބައިނަލްއަޤްވާމީ އެހީތެރިކަމަށް ގޮވާލައިފި

ޣައްޒާގެ އަލް-އައުދާ ހޮސްޕިޓަލުން ބައިނަލްއަޤްވާމީ އެހީތެރިކަމަށް ގޮވާލައިފި

އަލް އައުދާއަށް އިޒްރާއިލުން ބޮންއަޅައިފިއި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 މޭ 2025، 07:02

23 މޭ 2025، 07:02

ޣައްޒާގެ އަލް-އައުދާ ހޮސްޕިޓަލުން ބައިނަލްއަޤްވާމީ އެހީތެރިކަމަށް ގޮވާލައިފިއެވެ.

ޣައްޒާގެ އުތުރުގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލުން ވަނީ ބުރާސްފަތި ދުވަހު އިޒްރާއީލުން ދިން ހަމަލާއަކާ ގުޅިގެން ހޮސްޕިޓަލުގެ ބޭސް ގުދަނުގައި ރޯވެފައިވާ އަލިފާން ނިއްވުމަށް އދ. ގެ އިދާރާތަކުގެ އެހީތެރިކަމަށް އެދި ގޮވާލައިފައެވެ.

ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ)، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަދި ކަމާގުޅޭ އެހެނިހެން އދ. ގެ އިދާރާތަކުން ވަގުތުން މިކަމުގައި އެހީތެރިވެދިނުމަށެވެ. އަދި ޖަބަލިއްޔާ ރެފިއުޖީ ކޭމްޕްގެ ތަލް އަލް-ޒައުތަރު ސަރަހައްދުގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލަށް ދިއުމަށް ޕެލެސްޓީނީ ސިވިލް ޑިފެންސްއާއެކު އަވަސް ގޮތެއްގައި ވިލަރެސްކުރުމަށް އެދިފައިވެއެވެ.

ހޮސްޕިޓަލުގެ ބޭސް ގުދަނުގައި އަލިފާން ދަނީ ރޯވަމުންނެވެ. މި އަލިފާން ނުނިއްވި ދިގުލައިގެން ދިއުމުން ޞިއްޙީ ކާރިސާއެއް ކުރިމަތިވެ، ބަލިމީހުންނާއި މެޑިކަލް މުވައްޒަފުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ހޮސްޕިޓަލުން ވަނީ އިންޒާރުދީފައެވެ.

ބުރާސްފަތި ދުވަހު އިޒްރާއީލީ ސިފައިން ހޮސްޕިޓަލުގެ ބޭސް ގުދަނަށް ހަމަލާދިނުމާ ގުޅިގެން އަލިފާން ރޯވި ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. މީގެ އިތުރުން، ހޮސްޕިޓަލަށް ގަސްދުގައި ދިން ހަމަލާގެ ތެރެއިން، އިޒްރާއީލީ ސިފައިން ވަނީ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުގައި ގޮވާ ބޮމެއް ހަރުކޮށްް ގޮއްވާލައިފައެވެ. އަދި އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ޓެލެގްރާމްގައި ޝާއިޢުކުރި ކުރު ބަޔާނެއްގައި ބުނެފައިވެއެވެ.

އަލް-އައުދާ ހޮސްޕިޓަލަކީ ޣައްޒާގައި ޚިދުމަތްދޭ އަމިއްލަ ޞިއްޙީ މަރުކަޒެކެވެ. މި ހޮސްޕިޓަލުގެ ދެ ގޮފި، އެއް ގޮތްޕެއް ޣައްޒާގެ މެދުތެރޭގައި އަދި އަނެއް ގޮފި ޖަބާލިޔާ ކޭމްޕްގައި ހުރެއެވެ. އިޒްރާއީލުގެ ބްލޮކޭޑާއި އަދި ހަނގުރާމައިގެ ސަބަބުން މަދު ވަސީލަތްތަކާއެކުވެސް، ހޮސްޕިޓަލުން ދަނީ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް އުނދަގޫ ގޮތެއްގައި ނަމަވެސް ފަރުވާދެމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS