Ads by Stelco

ޚަބަރު

މުޅި މުޖުތަމަޢު މިކަމުގައި ބައިވެރިވެ، އެންމެންގެ އަޒުމާއި ނިޔަތް އެއްގޮތްވެގެން ނޫނީ އެކަށީގެންވާ ނަތީޖާއެއް ނުނިކުންނާނެ: ރައީސް މުޢިއްޒު

މުޅި މުޖުތަމަޢު މިކަމުގައި ބައިވެރިވެ، އެންމެންގެ އަޒުމާއި ނިޔަތް އެއްގޮތްވެގެން ނޫނީ އެކަށީގެންވާ ނަތީޖާއެއް ނުނިކުންނާނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 މޭ 2025، 05:37

21 މޭ 2025، 05:37

ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމަށް މުޅި މުޖުތަމަޢުގެ ބައިވެރިވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޖެނެރޭޝަން ބޭން ގެނައުން ހިމެނޭހެން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލް ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމަށް ތަންފީޒީ މަރުޙަލާއަކީ މުހިންމު މަރުޙަލާއެއް ނަމަވެސް، މުޅި މުޖުތަމަޢު މިކަމުގައި ބައިވެރިވެ، އެންމެންގެ އަޒުމާއި ނިޔަތް އެއްގޮތްވެގެން ނޫނީ އެކަށީގެންވާ ނަތީޖާއެއް ނުނިކުންނާނެއެވެ.

ތަންފީޒީ އިދާރާ ކިތަންމެ ވަރުގަދަ ކުރިޔަސް މިކަމާ ދެކޮޅަށް ބަޔަކު ތިބެންޏާ ހަމަ އަބަދުވެސް ތިބޭނެ ކުށްކުރާ ބައެއް. އެހެންކަމުން، އަޅުގަނޑުމެންގެ މައިގަނޑު މަޤްޞަދަކީ ފިޔަވަޅު އެޅުމެއް ނޫން. ބަޔަކު ކުށްވެރިކުރުމެއްވެސް ނޫން. އަޅުގަނޑުމެން ބޭނުންވަނީ މުޖުތަމަޢު ހޭލުންތެރިކުރުވުން  

ރައީސް

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން ތަންފީޒީ އިދާރާތައް ހަރުދަނާކުރުމަށް މަސައްކަތްކުރާނެއެވެ. ނަމަވެސް، މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން ނޫނީ މިކަމުގައި އެދެވޭ ނަތީޖާއެއް ނުފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑަށް ޔަޤީން އެންމެން ގުޅިގެން މިކަމުގައި ރަނގަޅު ކާމިޔާބީއެއް ހޯދޭނެ. އަޅުގަނޑުމެން ބޭނުންވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުރިހާ ކަމަކުން މީހުން ދުރުހެލިވުމަށް ހިތްވަރުދޭން  

ރައީސް

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓުގައި މިކަމަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ. ޚާއްޞަކޮށް ޕަބްލިކް އެވެއަރނެސްއަށް ވަރަށް ބޮޑު ޚަރަދެއް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 1 ނޮވެމްބަރުން ފެށިގެން ދުންފަތާ ބެހޭ އާ ޤާނޫނު ތަންފީޒުކުރަން ފެށުމާއެކު، މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މީހުން މިކަމުގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS