ދުނިޔެ

އިޒްރާއިލާއެކު ކުރަމުންދާ ވިޔަފާރީގެ މަޝްވަރާތައް އިނގިރޭސި ވިލާތުން ހުއްޓާލައިފި

އިޒްރާއިލާއެކު ކުރަމުންދާ ވިޔަފާރީގެ މަޝްވަރާތައް އިނގިރޭސި ވިލާތުން ހުއްޓާލައިފި

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 މޭ 2025، 10:44

20 މޭ 2025، 10:44

 ޣައްޒާގައި އިޒްރާއިލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާއި ގުޅިގެން އިޒްރާއިލާއި މެދު ފިޔަވަޅު އެޅުމުގެ ގޮތުން އިނގިރޭސިވިލާތުން އެޤައުމާއި އިޒްރާއިލާއި ދެމެދު ކުރަމުންދާ ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލައިފިއެވެ. 

އިނގިރޭސި ވިލާތުގައި ހުންނަ އިޒްރާއިލްގެ ސަފީރު ހާޒިރުކޮށް ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުމަށް ބާރުއަޅައި އިޒްރާއިލާއި އެކު ކުރަމުންދާ ވިޔަފާރި މަޝްވަރާތައް ހުއްޓަލިކަމަށް އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ އިޒްރާއިލް ސަފީރަށް ވަނީ އަންގައިފައެވެ. 

އިނގިރޭސިވިލާތުގެ މިނިންމުމާއި އެކު އިޒްރާއިލްގެ ޚާރިޖީ ވުޒާރާއިން ވަނީ ރައްދުދީފައެވެ. 

އެގޮތުން އިޒްރާއިލްގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އޮރެން މާމޯސްޓައިން ބުނެފައިވަނީ މި އެއްބަސްވުމަކީ ދެ ޤައުމުގެ ވެސް ފައިދާއަށް ވެވުނު އެއްބަސްވުން ތަކެއް ކަމަށެވެ. އަދި އިޒްރާއީލާ ދެކޮޅަށް ކުރާ މިފަދަ ކަންކަމުގެ ސަބަބުން އިނގިރޭސި ސަރުކާރުން ގެއްލުން އެދެނީ ހަމަ އެޤައުމުގެ އިޤްތިޞާދަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. 

އަދި ޘަޤާފީ ގޮތުން ޔޫރަޕްގައި އިޒްރާއީލުގެ އެންމެ އެކުވެރި އެއް ޤައުމު ކަމަށްވާ އިނގިރޭސިވިލާތުން އަލަށް އިޒްރާއިލާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވެސް މާމޯސްޓައިން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

މި ތިން ލީޑަރުން ނެތަންޔާހޫގެ އަމަލުތައް ކުށްވެރިކޮށްފައިވަނީ، ގާތްގަނޑަކަށް ތިން މަސްދުވަހުގެ މުއްދަތަކަށް މުޅި ޣައްޒާ އެއްކޮށް ބަންދުކުރުމަށް އިއްޔެ، މަދު ޓްރަކުތަކެއް ޣައްޒާއަށް ވަދެވޭގޮތް ހަދައިފައިވަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS