ދުނިޔެ

ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ޚާން ޔޫނިސް ހުސްކުރުމަށް އިޒްރާއިލް ސިފައިން އަންގައިފި

ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ޚާން ޔޫނިސް ހުސްކުރުމަށް އިޒްރާއިލް ސިފައިން އަންގައިފި

ޚާން ޔޫނިސް ކުރަން ނެރުނު އަމުރާއިއެކު ދިން ހަމަލާތަކުގައި ޝަހީދުވިބައެއް މީހުންގެ ހަށިތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 މޭ 2025، 03:59

19 މޭ 2025، 03:59

ހުލާސާ


ފަލަސްޠީނުގެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ޚާން ޔޫނިސްގައި ދިރިއުޅެމުންދާ މީހުން އެތަން ހުސްކޮށް ދިޔުމަށް އިޒްރާއިލް ޢަސްކަރިއްޔާއިން އަމުރުކޮށްފިއެވެ.

ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު އަވަށްކަމުގައިވާ ޚާން ޔޫނިސްއިން މީހުން ނެރުމަށް އިޒްރާއިލުން ނެރެފައިވާ ނޯޓިސްގައި ބުނެފައިވަނީ ވަގުތުން ވަގުތައް ޚާން ޔޫނިސް ހުސްކޮށް ދިޔުމަށް ބުނެފައެވެ. އަދި އެތަން ހުސްނުކޮށްފިނަމަ “އަންދާޒާ ނުކުރެވޭ ވަރުގެ” ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށެެވެ.

އިޒްރާއިލްގެ ޢަސްކަރިއްޔާގެ ޢަރަބި ބަހުން ވާހަކަ ދައްކާ ތަރުޖަމާނު އަވިޗައި އަދުރާއީ އެކްސްގައި ހިއްސާކޮށްފައިވާ އެވިކްޝަން އަމުރު ގައި ބުނެފައިވަނީ މި ނޯޓިސް ޚާން ޔޫނިސްކައިރީގައި އޮންނަ ބަނީ ސުހައިލާ އާއި އަބަސަން ސަރަހައްދުވެސް ހިމެނޭ ކަމަށެވެ. އެއަމުރުގައި ބުނެފައިވަނީ އެސަރަހައްދުތަކުގައި އުޅޭ އާންމު ރައްޔިތުން ޣައްޒާގެ ހުޅަނގުގައި އޮންނަ އަލްމަވާސީއާ ދިމާއަށް ދިއުމަށެވެ.

"މިވަގުތުން ފެށިގެން ޚާން ޔޫނިސް ނުރައްކާތެރި ކޮމްބަޓް ޒޯނެއްގެ ގޮތުގައި ބެލެވޭނެ،" ޕޯސްޓުގައިވެ އެވެ.

މިއަމުރު އިޒްރާއިލްގެ ޢަސްކަރިއްޔާއިން ނެރެފައިމިވަނީ ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތައް ހުސްކުރުމަށް އިއްޔެ އަމުރު ނެރެފައިވަނިކޮށެވެ.

މީގެއިތުރުން އިޒްރާއިލް އާސްކަރިއްޔާއިން ވަނީ ޚާން ޔޫނިސް އަށް އެއްގަޑިއިރުތެރޭގައި ވައިގެ މަގުން ތިިރީސް ހަމަލާދީފައެވެ. މިހަމަލާތަކުގެ ސަބަބުން 32 މީހަކު ޝަހީދުވެފައިވާކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS