Ads by Aqeeqa Maldives

ޚަބަރު

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ނާސަރީއެއް ތަރައްޤީކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ނާސަރީއެއް ތަރައްޤީކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ނާސަރީއެއް ތަރައްޤީކުރުމަށް ފަހުމުނާމާއެއްގައި ސޮއިކުރުން/ފޮޓޯ: އެޗްޑީސީ

14 މޭ 2025، 06:50

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ 5 މިލިއަަން ގަސް އިންދުމުގެ މަޝްރޫޢަށް ނާސަރީއެއް ތަރައްޤީކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތިމާވެށީގެ މައިގަނޑު އެއް ވަޢުދުފުޅު ކަމުގައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޒަމާނީ ނާސަރީއެއް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމަށާއި، ނާސަރީ ހިންގުމަށްޓަކައި ސޮއިކުރެވުނު ފަހުމުނާމާއެކެވެ. މި ފަހުމުނާމާގައި ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ތޯރިޤް އިބްރާހިމްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލް އެވެ.

މިކަމާ ގުޅިގެން އެޗްޑީސީއިން ހާމަކުރީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީގެ ޑިޒައިންކުރުމުގެ މަރުހަލާ މިޙާރު ނިމިފައިވާ ކަމަށެވެ. އަދި މި ނާސަރީގައި ލެބޯޓްރީއަކާއި، ތަމްރީނުދޭ ކޮޓަރިތަކާއި، އޮފީސް ބަޔެއްގެ އިތުރުން، ގްރީންހައުސްއެއް ހުންނާނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށްފަހު ވެސް އޭގެ ފައިދާ ދިގުމުއްދަތަކަށް ކުރާނެހެން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ގަސް އުފައްދަމުންދާނެ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން އެޗްޑީސީން ވިދާޅުވީ، މި މަޝްރޫޢަށް މިހާތަނަށް 6.6 މިލިއަން ގަސް އިންދުމުގެ އަޙުދު ލިބިފައިވާކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ތިމާވެށީގެ ދުވަހުގެ ގަސް އިންދުމުގެ ޙަރަކާތްތައް ބޭއްވުމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS