Ads by Aqeeqa Maldives

ޚަބަރު

ޑިޖިޓަލް އައިޑެންޓިޓީ ބިލު ޖުލައި މަހު އޭޖީ އޮފީހަށް ފޮނުވޭނެ: ޑރ. އިބްރާހިމް ވަހީދު

ޑިޖިޓަލް އައިޑެންޓިޓީ ބިލު ޖުލައި މަހު އޭޖީ އޮފީހަށް ފޮނުވޭނެ: ޑރ. އިބްރާހިމް ވަހީދު

ޑރ. އިބްރާހިމް ވަހީދު ފޮޓޯ:ޑީއެމްއޭޑީޑީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މޭ 2025، 05:43

14 މޭ 2025، 05:43

ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކުރުމުގެ މަސައްކަތް ނިންމާ، އަންނަ ޖުލައި މަހުގެތެރޭ އެ ބިލު އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވޭނެކަމަށް ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓް މެނޭޖަރ ޑރ. އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ޑރ. އިބްރާހިމް ވަހީދު މިހެން ވިދާޅުވީ، ޑިޖިޓަލް މޯލްޑިވްސް ފޯރ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމޭޑް) ޕްރޮޖެކްޓާއި ބެހޭ ގޮތުން ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ޑރ. ވަހީދު ވިދާޅުވީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގައި ހިމެނޭ 4 ވަނަ ޕިލާގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކުރުމުގެ މަސައްކަތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބިލުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްގެންދިއުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑުމެން ނިންމާފަ މިވަނީ މިއަންނަ ޖުލައި މަހުގެ ތެރޭގައި މި ބިލުގެ ޑްރާފްޓުގެ މަސައްކަތް ނިމި، އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވޭނެކަމަށް  

ޑރ. ވަހީދު

މި ބިލުގެ މަސައްކަތުގެ އިތުރުން އެހެން ބިލުތަކަށްވެސް މި ޕްރޮޖެކްޓްގެ ތެރެއިން މަސައްކަތްކުރަމުންދާކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް 'ޑޭޓާ ޕްރޮޓެކްޝަން ބިލް' އަދި 'ސައިބާ ސެކުއިރިޓީ ބިލް' ޑްރާފްޓްކޮށް އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ވޯލްޑް ބޭންކުގެ އެހީގައި، 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކުރުމަށް ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއިއެކު ދަނީ މަޝްވަރާކުރަމުންނެވެ. މި މަޝްވަރާ ބައްދަލުވުންތަކުގެ މައިގަނޑު މަޤްސަދަކީ، ވީހާވެސް ގިނަ މީހުން ބައިވެރިވެ، އެމީހުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ބިލުތައް ޑްރާފްޓްކުރުމެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS