ދުނިޔެ

އެމެރިކާގެ ރައީސް ޓްރަމްޕްގެ މެދުއިރުމަތީ ދަތުރު: މިއަދު ޤަޠަރަށް

އެމެރިކާގެ ރައީސް ޓްރަމްޕްގެ މެދުއިރުމަތީ ދަތުރު: މިއަދު ޤަޠަރަށް

ޓްރަމްޕް ޤަޠަރަށް ވަޑައިގެންނެވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 މޭ 2025، 05:43

14 މޭ 2025، 05:43

އެމެރިކާގެ ރައީސް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން މިއަދު ޤަޠަރަށް ވަޑައިގެންފިއެވެ.

ރައީސް ޓްރަމްްޕް ޤަޠަރަށް ވަޑައިގެންނެވުމުން  މަރުޙަބާ ވިދާޅުވީ ޤަޠަރުގެ އަމީރު ޝައިޙް ތަމީމް ބިން ހަމަދެވެ. ޤަޠަރަށް ޓްރަމްޕް ަޑައިގަތުމުން މަރުޙަބާ ކިޔުއްވުމަށްފަހު ދެ ލީޑަރުން ވަނީ ޤަޠަރުގެ އަމީރީ ދިވާންގައި ބައްދަލުކުރައްވާފައެވެ.

ޤަޠަރުގެ އަމީރު ވިދާޅުވީ އެމެރިކާއާއި ޤަޠަރުގެ ގުޅުން އިންވެސްޓްމަންޓުން ފެށިގެން ހަކަތައާ އަސްކަރީ އެއްބާރުލުމާ ހަމައަށް ކުރިއެރުވޭނެ ކަމަށެވެ.

އަދި "ސަރަޙައްދަށް ސުލްހަ ގެނައުމުގެ" ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް ޤަޠަރުއަމީރު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ޓްރަމްޕް ދަންނަތާ އެތައް އަހަރެއް ވެއްޖެކަމަށާއި ޓްރަމްޕަކީ ސުލްހަވެރި ލީޑަރެއް ކަމަށް ޤަޠަރުގެ އަމީރު ވިދާޅުވި އެވެ.

މެދު އިރުމައްޗަށް ސުލްޙަ ގެންނަން ޓްރަމްޕް ބޭނުންފުޅުވެލައްވާ ކަމަށްވެސް ޤަޠަރު އަމީރު ވަނީ ވިދާޅުވެފައެވެ. އަދި އުންމީދަކީ މިދަތުރާއި މަޝްވަރާތަކަކީ މެދުއިރުމައްޗަށް ސުލްޙަ ގެނައުމަށް ފެށޭނެ އައުފެށުމެއް ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS