ދުނިޔެ
ޓްރަމްޕް ސީރިޔާގެ ލީޑަރު އަލް ޝަރާއާއި ބައްދަލުކޮށްފި

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ސީރިޔާގެ ލީޑަރ އަލް ޝަރާއާ
އެމެރިކާގެ ރައީށް ޑޮނާލްޑް ޓްރަމްޕް ސީރިޔާގެ އައު ލީޑަރު އަޙްމަދު އަލް-ޝަރާއާ އާއި ބައްދަލުކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ސީރިޔާގެ ވަގުތީ ރައީސް އަޙްމަދު އަލް-ޝަރާއާ ބައްދަލުކުރުމަށްފަހު، އެމެރިކާއިން ދަނީ ސީރިޔާއާއެކު ގުޅުން އާދައިގެ ހާލަތަކަށް ގެނައުމާ މެދު ވިސްނަމުންކަމަށެވެ. މިއީ މި ދެ ޤައުމުގެ ލީޑަރުން 25 އަަހަރު ތެރޭ ބައްދަލުކުރި ފުރަތަމަ ފަހަރެވެ.
ބުދަ ދުވަހު ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ.ސީ) ގެ ލީޑަރުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި އެމެރިކާއިން ސީރިޔާގެ މައްޗަށް އަޅައިފައިވާ "ހުރިހާ ފިޔަވަޅުތަކެއް" ހުއްޓާލާނެ ކަމަށް ޓްރަމްޕްވަނީ އިޢުލާނުކޮށްފައެވެ.
ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް ހުއްޓާލުމުން ސީރިޔާއަށް މުޅިން އައު ފެށުމެއް ލިބިގެންދާނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ. ޓްރަމްޕް ބުނެފައިވަނީ ސީރިޔާ އަށް އަޅައިފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ހުއްޓާލާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ ސީރިޔާއަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓާލުމާ ގުޅޭގޮތުން ބުދަ ދުވަހު ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އަރްދޮއާނާ މަޝްވަރާކުރެއްވި ކަމަށެވެ.
އެމެރިެމެރިކާ-ސީރިޔާ ގުޅުންތަކާ ބެހޭގޮތުން އިތުރަށް މަޝްވަރާކުރުމަށް އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ތުރުކީގައި ސީރިޔާގެ ފޮރިން މިނިސްޓަރު އަސްޢަދު އަލް-ޝައިބާނީއާ ބައްދަލުކުރާނެ ކަމަށް އޭނާ ޓްރަމްޕް ބުނެފައިވެއެވެ.