Ads by Aqeeqa Maldives

ޚަބަރު

މަޖިލީހުގައި ބުޅާ ފެސިލިޓީއަށް ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 ބިލިއަން ޚަރަދުވާ ކަމަށް ދެންނެވުނީ އޮޅުމަކުން: ވަޒީރު މާރިޔާ

މަޖިލީހުގައި ބުޅާ ފެސިލިޓީއަށް ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 ބިލިއަން ޚަރަދުވާ ކަމަށް ދެންނެވުނީ އޮޅުމަކުން: ވަޒީރު މާރިޔާ

ދަނޑުވެރިކަމާބެހޭ ވަޒީރު މަރިޔަމް މާރިޔާ. ފޮޓޯ:ދައުރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 މޭ 2025، 03:33

14 މޭ 2025، 03:33

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބުޅާ ފެސިލިޓީއަށް ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 ބިލިއަން ޚަރަދުވާނެ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށް ދަނޑުވެރިކަމާ ދިރޭތައްކެއްޗާއި ބެހޭ ވަޒީރު ޑރ މަރިޔަމް މާރިޔާމ ވިދާޅުވެއްޖެއެވެ.

ވަޒީރު މާރިޔާ މިހެން ވިދާޅުވީ އެކްސްގައި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ޚިއްސާކޮށްފައިވާ ވީޑިއޯއެއް ގައެވެ.

އެކަމަނާ ވިދާޅުވެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރެއްގެ ސުވާލަށް ޖަވާބުދެއްވަމުން  ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނީ 1.2 ބިލިއަން ރުފިޔާ ކަމަށް އެކަމަނާއަށް ދެންނެވުނީ އޮޅުމަކުން ކަމަށެވެ. އަދި އޭގެ ރަނގަޅު ގޮތަކީ ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނީ 1.2 މިލިއަން ރުފިޔާ ކަމަށެވެ.

ވަޒީރު މާރިޔާ ވަނީ އެކަމަށް މަޢާފަށް އެދިވަޑައިގެންފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS