ދުނިޔެ

ސަޢުދީޢަރަބިއްޔާ އާއި އެމެރިކާއާއި ދެމެދު 300 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ސަޢުދީޢަރަބިއްޔާ އާއި އެމެރިކާއާއި ދެމެދު 300 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

އެމެރިކާގެ ރައީސް ޓްރަމްޕް ސަޢުދީޢަރަބިއްޔާގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 މޭ 2025، 02:40

14 މޭ 2025، 02:40

ސަޢުދީޢަރަބިއްޔާ އާއި އެމެރިކާއާއި ދެމެދު 300 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކުރެވިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ސަޢުދީޢަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނު ރިޔާޟުގައި ބޭއްވި ސަޢުދީ-އެމެރިކާ އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަމިޓްގައި ދެއްވި ތަޤުރީރުގައި ވަލީއަހުދު މުޙައްމަދު ވިދާޅުވީ 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފުރުސަތުތަކެއް ބަލަމުންދާ ކަމަށާއި މިކަމުން އެއް ޓްރިލިއަން ޑޮލަރަށް ފައިސާ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސައުދީ ވިޝަން 2030 އިސްލާހީ އެޖެންޑާގެ އެންމެ ބޮޑު ބައިވެރިންގެ ތެރޭގައި އެމެރިކާ ހިމެނޭކަން ފާހަގަކުރައްވައި، ޖޮއިންޓް އިންވެސްޓްމަންޓްތަކަކީ ދެޤައުމުގެ އިޤްތިސާދީ ގުޅުމުގެ އެންމެ މުހިންމު އެއް ތަނބު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމެރިކާއަކީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ބޮޑު މަންޒިލެއް، ފަންޑުގެ ގްލޯބަލް އިންވެސްޓްމަންޓްތަކުގެ ގާތްގަނޑަކަށް 40 ޕަސެންޓް ހިއްސާކުރަނީ އެމެރިކާ" އޭނާ ވިދާޅުވި އެވެ.

އަދި އެމެރިކާއާ އެއްބާރުލުން ދިނުމަކީ ހަމައެކަނި އިޤްތިސާދީ ގޮތުން އެއްބާރުލުން ދިނުން ނޫން ކަމަށާއި، ސަރަޙައްދާއި ދުނިޔޭގައި ސުލްޙަ ޤާއިމްކުރުމަށް ވެސް އެމެރިކާއަށް އެއްބާރުލުން ދޭނެކަމަށެެވެ.

އަދި މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސަޢުދީ ޢަރަބިއްޔާގައި ހިނގަމުންދާ ބަދަލަށް ތައުރީފު ކޮށްފައެވެ.

ޓްރަމްޕް ވަނީ ދުނިޔޭގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ރިޔާޟު ކުރިއަރާފައިވާ ކަމަށް އިޝާރާތް ކުރައްވައި، ތެލުގެ ވިޔަފާރި ނޫން ދާއިރާއިން ލިބޭ އާމްދަނީ މިހާރު ތެލުގެ ވިޔަފާރީގެ ދާއިރާއަށް ވުރެ ބޮޑުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ ރަޝިޔާ އާއި ޔޫކްރޭންގެ ސުލްހައިގެ މަޝްވަރާތަކުގައި ސަޢުދީ ޢަރަބިއްޔާއިން އަދާކުރާ ދައުރަށް ތައުރީފުކޮށް، އެމެރިކާއިން އެ ރަސްކަމުގެ ސަޢުދީއަށް ތާއީދުކުރާކަން ކަށަވަރުކޮށްދީފައިވެއެވެ.

އަންގާރަ ދުވަހު ދެ ލީޑަރުން ވަނީ ދެޤައުމުގެ ދެމެދުގައި ސްޓްރެޓެޖިކް އިކޮނޮމިކް ޕާޓްނަޝިޕް އެގްރީމަންޓެއްގައި ސޮއިކޮށްފަ އެވެ. މި ޕާޓްނަޝިޕްގެ ތެރޭގައި ހަކަތައާއި މައިނިންގ އަދި ޑިފެންސް ދާއިރާއިން އެއްބަސްވުމުގައި ސޮއިކުރުން ހިމެނެއެވެ.

އެހެނިހެން އެއްބަސްވުންތަކުގެ ތެރޭގައި މަޢުދަނީ ވަސީލަތްތަކާ ބެހޭ އެމްއޯޔޫއެއް، ޑިޕާޓްމަންޓް އޮފް ޖަސްޓިސްއާއެކު ވެފައިވާ އެއްބަސްވުމެއް، އަދި ގައިންގަޔަށް އަރާބަލިތަކާ ގުޅޭގޮތުން އެއްބާރުލުން ދިނުން ވެސް ހިމެނެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS