Ads by Aqeeqa Maldives

ޚަބަރު

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ ހަ ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ ހަ ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ ހަ ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ފުލުހުން

14 މޭ 2025، 02:07

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުން ތަމްރީންކުރުމަށް ކުރިއަށްގެންދިޔަ ހަ ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 

މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައެވެ. އަދި މިި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝަމީމްއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސްޕެޝަލް ކޮންސްޓަބުލަރީ 16 އަންހެން ފުލުހުންނާއި 11 ފިރިހެން ފުލުހުން ހިމެނޭހެން ޖުމުލަ 27 ބައިވެރިން މި ކޯސް ފުރިހަމަކުރި ކަމަށެވެ. އަދި މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ސްޕެޝަލް ކޮންސްޓަބުލަރީ ކޮންސްޓަބަލް ޝުނާން އަންވަރުއެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދޭ ގޮތުގައި، މި ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ. އެގޮތުން، މި ކޯހުގައި ބައިވެރިންނަށް ފިޒިކަލް ޓްރެއިނިންގ، ޑްރިލް، ބާރުގެ ބޭނުންކުރުމާއި ދިފާއީ އުކުޅުތައް ދަސްކޮށްދޭދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ޤާނޫނާއި ޤަވާއިދުތަކަށް ބައިވެރިން އަހުލުވެރިކުރުމަށް މަޢުލޫމާތު ދިނުމުގެ އިތުރުން، މުއާމަލާތުކުރުމުގެ ހުނަރުތަކާއި، ފުލުހުންގެ ސަލާމަތީ ހުނަރުތައް ވެސް މި ކޯހުގެ ތެރެއިން ވަނީ ދަސްކޮށްދީފައެވެ.

މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ، މިދިޔަ އެޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި ހިނގާ މެއި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS