Ads by Aqeeqa Maldives

ޚަބަރު

ސަންލޭންޑް ނަޒީރުގެ މައްޗަށް މިރޭ އިޝާ ނަމާދަށްފަހު ޣައިބަށް ކަށުނަމާދުކުރަނީ

ސަންލޭންޑް ނަޒީރުގެ މައްޗަށް މިރޭ އިޝާ ނަމާދަށްފަހު ޣައިބަށް ކަށުނަމާދުކުރަނީ

ސަންލޭންޑް ނަޒީރު/ފޮޓޯ: ސަމަރީ.އެމްވީ

14 މޭ 2025، 01:37

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި މުޙައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) ގެ މައްޗަށް މިރޭ އިޝާ ނަމާދަށްފަހު ޣައިބަށް ކަށުނަމާދުކުރަން ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މުޙައްމަދު ނަޒީރުގެ މައްޗަށް ޣައިބުގައި ކަށުނަމާދުކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި ކަމަށެވެ.

ސަންލޭންޑު ނަޒީރު އަވަހާރަވީ، އާލާސްކަންފުޅަށް ފަރުވާހޯއްދަވަމުން ގެންދަވަނިކޮށް މިމަހުގެ 10 ވަނަ ދުވަހު އިނގިރޭސިވިލާތުގައެވެ. ނަޒީރަކީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަ ޓްރޭޑް އެމްބެސެޑަރު ވެސް މެއެވެ. 

ސަންލޭންޑް ހޮޓެލްސްގެ "ކޮކޯ ކަލެކްޝަން ރިޒޯޓް ބްރޭންޑްސް"ގެ ޑިރެކްޓަރ ނަޒީރަކީ މާކެޓިންގެ ދާއިރާއިންވެސް ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ފަރުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 1976 ގައި ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންއަށް ފަތުރުވެރިން އަންނަމުންދިއަ ޒަމާނުގައި، އޭނާގެ ޢާއިލީ ޓްރެވަލް އެޖެންސީއެއް "ސަންލޭންޑް" ނަމުގައި ހުޅުވައިގެން ރާއްޖެ މާކެޓްކުރަން ވަނީ ފަށާފައެވެ.

ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS