Ads by Aqeeqa Maldives

ޚަބަރު

އޮޅުހިޔާ އަށް އަހަރަކު 1.2 ބިލިއަން ޚަރަދުވާނެ: ވަޒީރު މާރިޔާ

އޮޅުހިޔާ އަށް އަހަރަކު 1.2 ބިލިއަން ޚަރަދުވާނެ: ވަޒީރު މާރިޔާ

ވަޒީރު މާރިޔާ މަޖިލީހުގައި. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 މޭ 2025، 12:07

14 މޭ 2025، 12:07

އޮޅުހިޔާ ނުވަތަ ބުޅާ ފެސިލިޓީ ހިންގުމަށް އަހަރަކު 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ މާރިޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަަކަށް ޖަވަބުދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ ބުޅާ ފެސިލިޓީއަށް ގެންދަންޖެހޭ ހުރިހާ ބުޅަލެއް ގެންދެވުމުން އެތަނަށް ކިހާ ޚަރަދެއް ދާނެ ތޯ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޑރ މާރިޔާ ވިދާޅުވީ، ބުޅާ ފެސިލިޓީއަށް ނަން-ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ފެސިލިޓީއަށް ގެންދާ ޖުމްލަ 2000 ބުޅާ ގެންދެވުމުން ބުޅާތަކަށް މަހަކު 7 ލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ކޮންމެ ތިން މަހަކު ބުޅާފެސިލިޓީއަށް 3.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުލަކަށް މަހަކު 368 ރުފިޔާ ޚަރަދުވާނެ ކަމަށާއި އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް 5416 ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ވަޒީރު މާރިޔާ ވިދާޅުވިއެެވެ.

ވަޒީރު މާރިޔާ އިތުރަށް ވިދާޅުވީ، މިހާތަނަށް ފެސިލިޓީއަށް ގެންދެވުނީ 15 ބުޅާ ކަމަށާ، ބުޅާ ގެންދިޔުން ލަސްވަނީ ފެސިލިޓީގައި ޤާއިމް ކުރަންޖެހޭ ޚިދުމަތްތައް ސިޓީ ކައުންސިލުން ޤާއިމް ނުކޮށް ހުރުމުން ކަމަށެވެ.

އޮޅު ހިޔާ ފެސިލިޓީ އަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ތައްޔާރުކުރި ފެސިލިޓީއެކެވެ.

އެ ފެސިލިޓީ ތަރައްޤީކޮށް ރަސްމީކޮށް ހުޅުވިނަމަވެސް އެ ފެސިލިޓީގެ ޚިދުމަތް ފެށުން ލަސްވީ، ވުޒާރާއިން ދީފަައިވައި، ގައިޑްލައި އާއި އެއްގޮތަށް ވަސީލަތްތައް ކުރެވިފައި ނުވާތީ ކަމަށް ކުރިން ވުޒާރާއިނން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS