ދުނިޔެ

އިޒްރާއިލުން ފަލަސްޠީނުގެ 9 ޢަސީރަކު މިނިވަންކޮށްފި

އިޒްރާއިލުން ފަލަސްޠީނުގެ 9 ޢަސީރަކު މިނިވަންކޮށްފި

އިޒްރާއިލުން މިދިޔަ އަހަރު މިނިވަންކުރި ޢަސީރުންތަކެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މޭ 2025، 04:30

13 މޭ 2025، 04:30

އިޒްރާއިލުން ފަލަސްޠީނުގެ 9 ޢަސީރަކު މިނިވަންކޮށްފިއެވެ. 

އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާއަށް ފަހު އިޒްރާއިލުން ޢަސީރުންގެ ގޮތުގައި ހިފެހެއްޓީ މީހުންގެ ތެރެއިން މި ނުވަމީހުން ދޫކޮށްލައި ފައިވަނީ ރެޑްކްރޮސްގެ ބެލުމުގެ ދަށަށެވެ.

މީގެ ހަތަރު ދުވަސް ކުރިންވެސް ފަލަސްޠީނުގެ 11 ޢަސީރަކު އިޒްރާއިލުން ދޫކޮށްލައިފައިވެއެވެ.

މިއަދު މިިނިވަން ކުރި ނުވަ މީހުން އަލް ކަރާރާ (ކިސޫފިމް) ބޯޑަރު ކައިރީގައި ތިބި ރެޑްކްރޮސްގެ އިންޓަނޭޝަނަލް ކޮމިޓީއާ ހަވާލުކޮށް، އޭގެ ފަހުން އަލް އަގްސާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވެ އެވެ.

އުމުރުން 30 އަހަރާއި 60 އަހަރާ ދެމެދުގެ އެމީހުން ބަންދުން މިނިވަން ކުރުމާއި އެކު ހޮސްޕިޓަލުގައި މެޑިކަލް އިވެލުއޭޝަންތަކާއި ފަރުވާ ދެމުންދާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އެމީހުން ފަރުވާއަށް ގެންގޮސްފައިވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދެއިރް އެލް ބާލާގެ އަލް އަޤްސާ ހޮސްޕިޓަލަށެވެ.

ހޮސްޕިޓަލުން އެމީހުންގެ ޢާއިލާތަކާއި ގުޅައި އެމީހުން އާއިލާއާއި ބައްދަލުކުރުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށާއި، ހޮސްޕިޓަލުގައި ތިބެގެން އެމީހުންނަށް އާއިލާ މެމްބަރުންނަށް ގުޅައި ފޯނުން ވާހަކަދެއްކޭނެ ގޮތް ހަދައިދެވޭނެކަމަށްވެސް ރެޑްކްރޮސްއާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS