Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޗްޑީސީގެ ކަސްޓަމަރ ކެއަރ އޮފީހެއް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޗްޑީސީގެ ކަސްޓަމަރ ކެއަރ އޮފީހެއް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ "ވިނަރެސް ޓަވަރު" 6 ގައި ހުޅުވި އެޗްޑީސީގެ އޮފީސް/ފޮޓޯ: އެޗްޑީސީ

13 މޭ 2025، 03:54

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ "ވިނަރެސް ޓަވަރު" 6 ގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ކަސްޓަމަރ ކެއަރ އޮފީހެއް ހުޅުވައިފިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވިދާޅުވީ، މި އޮފީހަކީ އެ ކޯޕަރޭޝަނުން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުޅުވާފައިވާ އޮފީހެއް ކަމަށެވެ. މި އޮފީސް ހުންނަނީ، ވިނަރެސްގެ 6 ވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައެވެ.

މި އޮފީސް އެ ސަރަޙައްދުގައި ޤާއިމްކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމަރ ކެއަރ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ. އެގޮތުން، ކަސްޓަމަރުންނަށް މަޢުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަލަ ފޯމު އެޕްލިކޭޝަންތައް ބަލައިގަތުމާއި، ފައިސާ ބަލައިގަތުމުގެ ޚިދުމަތްވެސް މި އޮފީހުން ލިބޭނެއެވެ. އަދި ރަސްމީ ބަންދު ދުވަސްތައް ނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށް އޮފީސް ހުޅުވާފައި ހުންނާނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން އެޗްޑީސީން ވިދާޅުވީ، "ހިޔާ ޓަވަރުު" ގައި ޤާއިމްކޮށްފައިވާ އެ ކޯޕަރޭޝަންގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން އެ އޮފީހުން ދެމުންއައި ހުރިހާ ޚިދުމަތެއް މީގެ ފަހުން ލިބޭނީ އަލަށް ހުޅުވާފައިވާ އޮފީހުން ކަމަށެވެ. ހަމަ އެހެންމެ، އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އެ ކޯޕަރޭޝަނުން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްނުމަށްކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS