ދުނިޔެ

އިޒްރާއިލްގެ ޢަސްކަރިއްޔާގެ ކޮމާންޑަރުންތަކެއްގެ ސިޓީ އެއް ޓްރަމްޕަށް، އެދެނީ ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލަދިނުމަށް

އިޒްރާއިލްގެ ޢަސްކަރިއްޔާގެ ކޮމާންޑަރުންތަކެއްގެ ސިޓީ އެއް ޓްރަމްޕަށް، އެދެނީ ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލަދިނުމަށް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މޭ 2025، 11:33

13 މޭ 2025، 11:33

އިޒްރާއިލްގެ ޢަސްކަރިއްޔާގެ ކޮމާންޑަރުންތަކެއްގެ ސިޓީ އެއް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ފޮނުވައިފިއެވެ.

 

މިސިޓީގައި އިޒްރާއިލްގެ ކުރީގެ ކޮމާންޑަރުންތަކެއް ނެރެފައިވާ ސިޓީގައި ޓްރަމްޕުގެ ކިބައިން އެދިފައިވަބީ އިޒްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ.

އިޒްރާއީލުގެ ޢަސްކަރިއްޔާއާއި ޖާސޫސީ އިދާރާތަކުގެ ކުރީގެ 550 އަށް ވުރެ ގިނަ އިސް އޮފިސަރުން ތަމްސީލުކުރާ އެގްރޫޕުން ބުނެފައި ވަނީ އިޒްރާއިލްގެ ޢަސްކަރިއްޔާގެ ހުރިހާ ރަހީނުން އަނބުރާ ގެނެސް ދިނުމަށާއި ހަނގުރާމަ ހުއްޓާލައިދިނުމަށެވެ.

 

އަދި ކޮމާންޑަރސް ފޯ އިޒްރާއީލް ސެކިއުރިޓީން އެމެރިކާގެ ލީޑަރަށް އިލްތިމާސްކޮށްފައިވަނީ “މައުސޫމް މީހުންގެ މަރާއި ތަކުލީފު ނިމުމަކަށް ގެނެސް ދިނުމަށާއި، ޣައްޒާއިން ހަމާސް ފުހެލައި އެސަރަހައްދުގައި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

 

 

އަދި ޣައްޒާގައި ހިންގަމުންދާ ހަނގުރާމައަކީ އިޒްރާއީލުގެ ޤައުމީ ޚިދުމަތެއް ނޫން ކަމަށާއި، އިޒްރާއީލުގެ ގިނަ މީހުންނަށް އޮކްޓޯބަރު ހަތް ވަނަ ދުވަހަށް ފަހު ހަމާސްގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށްބުނެ އިޒްރާއީލުގެ ޢަސްކަރިއްޔާއިން ހިންގަމުންދާ ޢަމަލުތައް މާބޮޑަށް ދިގުދެމިގެން ގޮސްފަައިވާ ކަމަށެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ، ހަނގުރާމަ ކުރިއަށްދާނަމަ، އަދި ހުޅަނގު އައްސޭރީގައި ގެންގުޅޭ އަނިޔާވެރި ސިޔާސަތުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނަމަ، އެންމެ މުހިންމު ކަމަކީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ޢަސީރުންގެ ފުރާނައަށް ނުރައްކާވުން ކަމަށެވެ.

އިއްޔެ ހަމާސްއިން ވަނީ އިޒްރާއިލްގެ ހަނގުރާމައިގައި ބައިވެރިވި އެމެރިކާއަށް ނިސްބަތްވާ ސިފައިންގެ މީހަކު މިނިވަންކޮށްފައެވެ.  

މި ލިޔުން ކިޔާލުމުން

Ads by MSS