ދުނިޔެ

ހަމާސްގެ ޢަސީރު އެމެރިކާގެ އެލެގްޒެންޑަރ ދޫކޮށްލަނީ، އެމެރިކާއާއި އެކު ސީދާ މަޝްވަރާތައް ވެސް އޮންނާނެ

ހަމާސްގެ ޢަސީރު އެމެރިކާގެ އެލެގްޒެންޑަރ ދޫކޮށްލަނީ، އެމެރިކާއާއި އެކު ސީދާ މަޝްވަރާތައް ވެސް އޮންނާނެ

އެލެގްޒެންޑަރ މިނިވަން ކުރަން ގޮވާލި އެއްވުމެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މޭ 2025، 10:14

12 މޭ 2025، 10:14

ހަމާސްއިން ޢަސީރެއްގެ ގޮތުގައި ހިފަހައްޓައިފައިވާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެޑަން އެލެގްޒެންޑަރ މިނިވަން ކުރާނެ ކަމަށް ހަމާސްއިން އިޢުލާނުކޮށްފިއެވެ. 

އެލެގްޒެންޑަރ މިނިވަން ކުރާނެކަމަށް ކުރި އިޢުލާނާއިއެކު ހަމާސްއިން ވަނީ އެމެރިކާ އާއި ހަމާސްއާއި ދެމެދު ސީދާ މަޝްވަރާތައް ބޭއްވޭނެ ކަންވެސް ވަނީ އިޢުލާނުކޮށްފައެވެ.

އެލެގްޒެންޑަރ އަކީ އެމެރިކާގެ ސިފައިންގެ ތެެރޭގައި ހިމެނޭ މީހެކެވެ. އޭނާ ޢަސީރެއްގެ ގޮތުގައި ބަންދުކުރެވުމުގެ ކުރިން އޭނާ ދިޔައީ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހަމަލާތައް ދެމުންނެވެ. 

ހަމާސްއިން އެލެގްޒެންޑަރ މިނިވަން ކުރާނެ ކަން އިޢުލާނުކުރުމުން އެމެރިކާގެ ސަރުކާރުގެ ފަރާތުން މަންދޫބު ވިޓްކޯފް ވަނީ އެލެގްޒެންޑަރ މިނިވަންކުރަން ވާއިރަށް އެތަނަށް ދިޔުމަށް ދަތުރުފަށައިފައެވެ. 

މީގެ ކުރިން ޓްރަމްޕް ވަނީ ޣައްޒާއާ ދެކޮޅަށް ހިންގާ ހަނގުރާމަ ނިމުމަކަށް ގެނެސް ބާކީ ތިބި ހުރިހާ ޢަސީރުން މިނިވަން ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެލެގްޒެންޑަރ އެނބުރި ޤައުމަށް ގެންނާނެކަންް ކަށަވަރުކޮށްދީފަ އެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތުގެ ތެރެއިން އެމެރިކާގެ ޢަސީރު ދޫކޮށްލާނެކަން ހަމާސްއިން ވަނީ ބަޔާނެއްގައި ކަށަވަރުކޮށްދީފައެވެ.

ނަމަވެސް އިޒްރާއީލުގެ ސިފައިންގެ މީހާ ދޫކޮށްލާނީ ކޮން އިރަކު ކަމެއް އެޖަމާއަތުން ހާމައެއް ނުކުރެއެވެ.

ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބު ވިޓްކޯފް މިއަދު އޮމާނުން އޒިްރާއީލަށް ދާނެ ކަމަށް ބެލެވޭއިރު، އެމެރިކާގެ އަސީރުންގެ މަންދޫބު ބޮއެލާ ބުނީ އެލެގްޒެންޑަރގެ މަންމައާއެކު އޭނާވެސް އިޒްރާއިލަށް ދަތުރުކުރަމުންދާކަމަށެވެ.

ޓްރަމްޕްވެސް މިއަދުގެ ވަގުތެއްގައި މެދުއިރުމަތީގެ ދަތުރެއްގައި ސަޢުދީޢަރަބިއްޔާ، ޤަތަރާއި ޔޫއޭއީއަށް ފުރުމަށްވަނީ ނިންމައިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS