ކުޅިވަރު / ޚަބަރު

އައްޑޫ ސިޓީ މީދޫގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ވަޒީރު މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީ މީދޫގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ވަޒީރު މަޝްވަރާކުރައްވައިފި

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު އާއެކު އައްޑޫ ސިޓީ މީދޫ ކައުންސިލުން ބައްދަލުކުރެއްވުން، ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ

farudhun logo

ފަރުދުން

12 މޭ 2025، 06:58

12 މޭ 2025، 06:58

އައްޑޫ ސިޓީ މީދޫގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު، މަޝްވަރާކުރައްވައިފިއެވެ. 

މި މަޝްވަރާކުރިޔަށް ގެންގޮސްފައި ވަނީ ވަޒީރު ހަފްތާ ބަންދުގައި އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީ މީދޫ ކައުންސިލާއެކު އޮތް ބައްދަލުކުރެއްވުމުގައެވެ.

މީދޫ ކައުންސިލާއެކު އޮތް ބައްދަލުވުމުގައި މީދޫގެ ކުޅިވަރުގެ ހާލަތާއި ގުޅޭގޮތުން ދާއިރާގެ ކައުންސިލް އާއި، މީދޫ އަވަށު އޮފީހާއި، އަދި އެކި ކުޅިވަރުތަކުގެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއެކު ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު ވަނީ މަޝްވަރާ ކުރައްވާފައެވެ. 

މި މަޝްވަރާތަކުގެ ތެރެއިން ވަޒީރު ވިދާޅުވީ، މީދޫގައި ފިޓްނަސް ރެކްރިއޭޝަން ސެންޓަރަކާއެކު ވޮލީ ޓާފެއްގެ މަސައްކަތާއި، ފުޓްބޯޅަ ދަނޑުގެ ލައިޓުތައް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. 



މި ދަތުރުފުޅުގައި ވަޒީރު ވަނީ އައްޑޫގައި ކުރިޔަށް ދިޔަ ހޭންޑްބޯޅައިގެ ކޯޗުންނާއި ރެފްރީން ތަމްރީނު ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. މި ޕްރޮގްރާމުގެ ކޯޗިން ކޯސް 14 ބައިވެރިއަކު ފުރިހަމަކުރިއިރު، ރެފްރީ ކޯސް ވަނީ 19 ފަރާތަކުން ފުރިހަމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS