Ads by Aqeeqa Maldives

ޚަބަރު

މި އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

މި އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

ޙައްޖު މިޝަންގެ މެމްބަރުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބައްދަލުކުރެއްވުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

11 މޭ 2025، 05:03

މި އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށް އެބޭފުޅުންގެ ފަރާތުން އެދިލައްވާފައެވެ. ހަމަ އެހެންމެ ވަޒީރު ވަނީ، ދިވެހި ޙައްޖުވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް ފުރިހަމައަށް ދެވޭތޯ ޔަޤީން ކުރުމަށް ނަސޭޙަތްތެރިވެލައްވާފައެވެ.

މީގެ އިިތުރުން ވަޒީރު ވިދާޅުވީ، ދިިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް އެކަށޭނެ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަންޖެހޭނެ ކަމަށެވެ. ހަމަ އެހެންމެ، ޙައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ދިވެހި ޙައްޖުވެރިންގެ ކަންކަން ވީހާވެސް ގާތުން ބެލުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގައި ޙަރަކާތްތެރިވާ ދިވެހި ޙައްޖު މިޝަންގައި އެކި ދާއިރާތަކުން ޚާއްޞަ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި، ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، މެޑިކަލް ޑޮކްޓަރުންނާއި، ދީނީ ޢިލްމުވެރިންނާއި، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ފަރާތުން ވެސް ބޭފުޅަކު ހިމެނޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

1446 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS