ދުނިޔެ

ބަންގްލަދޭޝްގައި ކުރީގެ ޕީއެމް ހަސީނާގެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ބޭއްވުން މަނާކޮށްފި

ބަންގްލަދޭޝްގައި ކުރީގެ ޕީއެމް ހަސީނާގެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ބޭއްވުން މަނާކޮށްފި

ބަންގްލަދޭޝްގައި ކުރިއަށް ދިޔަ މުޒާހަރާއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 މޭ 2025، 04:39

11 މޭ 2025، 04:39

ބަންގްލަދޭޝްގައި ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ޕާޓީ އަވާމީ ލީގްގެ ސިޔާސީ ހަރަކާތްތައް ބަންގްލަދޭޝްގައި ބޭއްވުން މަނާކޮށްފިއެވެ.

ބަންގްލަދޭޝްގެ ލޯ އެފެއާޒް އެޑްވައިޒަރު އާސިފް ނަޒްރޫލް ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ވިދާޅުވީ އެންޓި ޓެރަރިޒަމް ޤާނޫނުގެ ދަށުން އަވާމީ ލީގުގެ ހަރަކާތްތައް މަނާކުރަން ނިންމީ ނޮބެލް އެވޯޑް ލިބިފައިވާ މުހައްމަދު ޔޫނުސް އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ ވަގުތީ ކެބިނެޓުން ކަމަށެވެ.

ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) ގައި މުޒާހަރާ ކުރި އެތައް ސަތޭކަ ބަޔަކު މަރުވި މައްސަލައިގެ ޝަރީއަތް ނިމެންދެން އެ މަނާކުރުން ދެމިއޮންނާނެ ކަމަށެވެ. 

އަވަމީ ލީގުގެ ސްޓޫޑެންޓް ވިންގް، ބަންގްލަދޭޝް ޗަޓްރާ ލީގު މަނާކުރީ ބަންގްލަދޭޝްގައި ހިންގި ހަޅުތާލުގެ ތެރޭގައި ހަޅުތާލުގެ ބައިވެރިންނަށް އަނިޔާވެރި ހަމަލާތަކެއް ދިނުމުގައި އެ ޖަމިއްޔާއެއް އަދާކުރި ދައުރެއްގެ ސަބަބުން "ޓެރަރިސްޓް ޖަމާއަތެއް" ކަމަށް ބުނެ އޮކްޓޯބަރު މަހު އެވެ.

އަވަމީ ލީގު މަނާކުރުމަށް އެދި ބަންގްލަދޭޝްްގައި އަލަށް އުފެއްދި ދަރިވަރުންގެ ޕާޓީއަކަށް ތާއީދުކުރާ މީހުން ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެ އަޑުއުފުލަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

ޖަމާޢަތު އިސްލާމީ ޕާޓީގެ ސްޓޫޑެންޓް ވިންގުގެ މެންބަރުންވެސް ވަނީ މުޒާހަރާތަކުގައި ގޮތުގައި ބައިވެރިވެފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ދަރިވަރުން އިސްވެ މުޒާހަރާތަކުން ފެށި އާންމު ހަޅުތާލު ތަކުގެ ސަބަބުން 15 އަހަރު ވަންދެން ބަންގްލަދޭޝްގެ ވެރިކަން ކުރެއްވި ހަސީނާ ވަނީ ވެރިކަމުން ދުރުކޮށްފަ އެވެ.

 އޭގެ ނަތީޖާއެއްގެ ގޮތުން ހަސީނާ އާއި އޭނާގެ ޕާޓީގެ އިސް ގިނަ އިސްވެރިންގެ މައްޗަށް ވަނީ މީހުން މެރުމާއި އެހެނިހެން ކުށްތަކުގެ ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS