ދުނިޔެ

އިންޑިއާއިން ޕާކިސްތާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުން ފަހަތަށް ޖެހިއްޖެ

އިންޑިއާއިން ޕާކިސްތާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުން ފަހަތަށް ޖެހިއްޖެ

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރާ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 މޭ 2025، 12:53

11 މޭ 2025، 12:53

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުން އިންޑިއާއިން ފަހަތަށް ޖެހިއްޖެއެވެ. މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯގެ މެދުވެރިވުމާއެކު، ސައުދީ އަރަބިއްޔާ، ޤަތަރު އަދި އެމިރޭޓްސްގެ ޑިޕްލޮމެޓިކް އެހީތެރިކަމާއެކު ވެވުނު އެއްބަސްވުމެކެވެ.

އިންޑިއާއިން މި އެއްބަސްވުމުގެ މުހިންމު ބައެއް ކަމުގައިވާ، ތިންވަނަ ޤައުމެއްގައި ދެފަރާތުން ބައްދަލުވެ މަޝްވަރާކުރުމަށް އެއްބަސްވެފައިވީ ނަމަވެސް، ގަޑިއިރުތަކެއްގެ ތެރޭގައި އެ ނިންމުމުން ބަދަލުކުރިއެވެ. މީގެ އިތުރުން، އިންޑިއާއިން ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް (އެލް.އޯ.ސީ) ގައި ހަނގުރާމައިގެ ޙަރަކާތްތައް އަލުން ފަށައިފިއެވެ. މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ސީދާ ޚިލާފު ޢަމަލެއް ކަމުގައި ބެލެވެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވެފައިވަނީ ދެ ޤައުމުގެ ސިފައިންގެ އިސްވެރިންގެ މެދުގައި މުވާސަލާތު ކުރެވެމުންދާ ކަމަށާއި، އިތުރު މަޝްވަރާތައް ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭނާ މި އެއްބަސްވުން ސިފަކުރެއްވީ "ވަގުތީ އިންތިޒާމެއް" ގެ ގޮތުގައެވެ.

ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާއިން މި އެއްބަސްވުމާ މެދު ދައްކަމުންދަނީ އެއް ވާހަކައެއް ނޫނެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވާންސް ކުއްލިއަކަށް މި މައްސަލައިގައި ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. ތަޙުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޕާކިސްތާނުގެ ސިފައިންގެ ކެތްތެރިކަމާއި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އައި ބަދަލެކެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ހަމަލާތައް، އެ ޤައުމަށް ސިޔާސީ، އަޚްލާޤީ، އަދި ޑިޕްލޮމެޓިކް ގޮތުން ބޮޑު ނުކަމިޔާބީއަކަށް ވެގެން ގޮސްފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS